ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައިވަނީ ވިލާ ގުރޫޕްގެ މުދާ ޤާނޫނާ ޚިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވެފައިވާކަމަށް ބުނެ އެކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވިކަމަށް ތުހުމަތުކޮށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެކަން ތަހުޤީގުކުރުމަށް ބާރު އަޅާ ހިއްސާކޮށްފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު ޢާއްމުކޮށްފައިވާތީ އެކަން ކުށްވެރިކުރާކަމަށެވެ. އަދި އެ އަމަލަކީ ޤާނޫނު ތަންފީޛު ކުރާ އިދާރާއެއްގެ މުވައްޒަފުން ޤާނޫނު ތަންފީޛު ކުރުމަށް ކުރަމުންދާ ޤާނޫނީ މަސައްކަތްކަށް ހުރަސްއަޅާ ނުފޫޒުފޯރުވާ ބިރުދެއްކުމަށް ކޮށްފައިވާކަމެއްކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ވިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ރިސޯޓްތަކަށް އަރާ އެރިސޯޓްތަކުގައި ހުރި ބައެއް މުދާ ގެންދިޔަ މައްސަލަ ސިވިލްކޯޓަށް ހުށައަޅާފައިވާކަމަށެވެ. އަދި ވިލާގެ ރިސޯޓްތަކަށް އެރިކަމަށް ބުނާ ހަތް ފުލުހަކާއި ކަސްޓަމްސްގެ ތިރީސް ހަތް މުވައްޒަފެއްގެ މައްސަލަ  އިންޓަރ ގްރިޓީ ކޮމިޝަނަށް ހުށައަޅާފައިވާކަމަށެވެ. އަދި މިބަޔާނުގައި އެ އޮފިސަރުންގެ ނަންތައްވެސް ވަނީ އާއްމުކޮށްފައެވެ.

ވިލާގެ ހަތަރު ރިސޯޓަކަށް ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން އަރާ އެތަންތަނުގައި ހުރި ބަނގުރަލާ އޫރުމަސް ޤަވައިދާ ހިލާފަށް ގެންގޮސްފައިވާކަމަށް ބުނެ އެކުންފުނިން ދައްކާ ވާހަކަތައް ސަރުކާރުންވަނީ ދޮގުކޮށްފައެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ ބަނގުރާ އެތެރެކުރުމާއި ވިއްކުމުގައި އަމަލުކުރަންޖެހޭ އުސޫލްތައް ޤަވާއިދެއްގައި ބަޔާންކޮށްފައިވާއިރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓްތަކުން އެ ޤަވާއިދުގެ އެކި މާއްދާތަކާ ޚިލާފްވެފައިވާކަމަށެވެ. އަދި އެ ރިސޯޓްތައް ހިންގަމުން އަންނަނީ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި ޓޫރިޒަމް ޤާނޫނާއި އަދި ޓެކްސް ޤާނޫނުތަކާއި ޚިލާފަށްކަމަށެވެ.

ވިލާގެ ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް ދައްކަމުން ނުދާތާ ދިހަމަސްވެފައިވާކަމަށް މީރާއިންވެސް ވަނީ ބުނެފައެވެ. މިގޮތުން އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީއާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވިލާ ކުންފުނީގެ ރިސޯޓްތަކުން މިހާތަނަށް 5.1 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށްވެސް މީރާއިން ވަނީ ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ މީހަކު މަރުވެއްޖެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި  ކޮވިޑް ޖެހިގެން ...

ސިފައިންގެ 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިއްޔެ ( 29-4-2020 ވަނަ ދުވަހު )  14 ސިފައިން ޕޮޒިޓިވް ވެއްޖެވެ. ރޭ ބޭއްވުނު ...

ބޮޑުވަޒީރު ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީގޮތުން ...