ކަރަންޓާއި ފެން ބިލުން ބައެއް ސަރުކާރުން ހިލޭކުރަނީ

ކޯވިޑް-19 އާއި ގުޅިގެން އާޢްމުންނަށް ދިމާވާނެ މާލީ ހާލަތަށް ބަލާ ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ސަބްސިޑައިޒްކުރަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކުރިއަށް އޮތް ދެ މަހުގެ (އެޕްރީލް އަދި މެއި) ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދެއްވާނެކަމަށެވެ. އަދި (އެޕްރީލް އަދި މެއި) ފެން ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދެއްވާނެކަމަށެވެ.

ކަރަންޓް ބިލާއި ފެން ބިލުން ބައެއް ސަބްސިޑައިޒްކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ މިކަމަށް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހާއި ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތައް އަންނަމުންދާކަމަށެވެ. މި ވައިރަސް އާ ގުޅިގެން ރާއްޖޭގައިވެސް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ އިޤްތިޞާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ނާޒުކު ހާލަތަކަށް ގޮސްދާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިހާތަނަށް އައިސްފައިވާ ބަދަލުތައް

– މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު: 380,928 (ޖަނަވަރީ: 173,347 ފެބްރުއަރީ:149,786 މާރިޗު: 57,795)
– ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަދަދު މާރިޗު 2020 ގެ ފުރަތަމަ 15 ދުވަހު 2019 ވަނަ އަހަރު މި މުއްދަތާ އަޅާބަލާއިރު ވަނީ 34.7 އިންސައްތަ ދަށްވެފަ.
-26 ޖަނަވަރީ 2020 އިން ފެށިގެން 13 މާރިޗު 2020 ގެ ނިޔަލަށް 339,362 ބެޑްނައިޓް ބުކިންގ ލިބިފައިވާއިރު، 198,120 ބެޑްނައިޓް ކެންސަލޭޝަންސް ލިބިފައިވޭ.
މިހާރު ކުރާ އަންދާޒާ

– 2020 ވަނަ އަހަރަށް މިހާރު ކުރާ އަންދާޒާތަކަށް ބަލާއިރު، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 12 އިންސައްތަ (1.53 މިލިއަން ފަތުރުވެރިންނަށް) އާއި 35 އިންސައްތައާ (1.10 މިލިއަން ފަތުރުވެރިންނަށް) ދެމެދު ދަށްވާނެކަމަށް ބެލެވޭ. ކުރީގެ އަންދާޒާތަކުން 1.86 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވުނު.

– ބެޑްނައިޓްސް އަށް ބަލާއިރު، 2019 ވަނަ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އާއި 21 އިންސައްތައާ ދެމެދު ދަށްވާނެކަމަށް ބެލެވޭ.

– 2020 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 7.5 އިންސައްތައިން ކުރިއަރާނެކަމަށް ކުރިން ބެލެވުނުނަމަވެސް، މިހާރު އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދު.

– މިއާ ގުޅިގެން، ދައުލަތަށް 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާއާ ދެމެދު ދަށްވާނެކަމަށް ލަފާކުރެވޭ.

މި ދަނޑިވަޅަކީ ހުރިހާ ރައްޔިތުންނާއި ވިޔަފާރިތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު.

ވިޔަފާރިތަކުން ވާކިން ކެޕިޓަލްގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދޭ އެހީ ހެޔޮ ގޮތުގައި ބޭނުންކޮށް، މިކަމުން އަރައިގަންނަން މަސައްކަތް ކުރާއިރު ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާތައް ރައްކާތެރިކޮށްދެވިއްޖެ ނަމަ، ކޮންސަމްޕްޝަނަށް ނޭދެވޭ އަސަރެއް ނުކޮށް، އަވަހަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވޭނެކަމަށާއި މިއީ ވިޔަފާރިތަކަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށާއި މުޅި ގައުމަށްވެސް އެންމެ ފައިދާހުރި ގޮތްކަންވެސް ފިނޭންސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ސަރުކާރުން މި ދަނޑިވަޅުގައި އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...

އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި ...

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަންޔޫރޯގެ ހިލޭ އެހީއެއް ދެއްވައިފި

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަން ޔޫރޯގެ ހިލޭ އެހީ އެއް ވެދެއްވަން ނިންމަވައިފިއެވެ. މީގެ ތެރެއިން އެއްމިލިއަން ޔޫރޯއަކީ ...