ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކޮށް ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޑިޕޯޓިވޯއާއި ބައްދަލުކޮށް ރެއާލް މޮޅުވެފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ.

ރޭ ކުޅެވުނު  މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުހޯދީ  ޑިޕޯޓިވޯއިން ނެވެ.  މެޗުގެ 23 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް ދިން ބޯޅައަކުން ޑިޕޯޓިވޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޑްރިއަންއެވެ.

ޑިޕޯޓިވޯއިން ލީޑު ހޯދުމާއެކު ރެއާލްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާޗޯއެވެ. އެ ލަނޑުގެ ކުރިން ވެސް ރެއާލުން ޑިޕޯޓިވޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ރެއާލުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެ ލަނޑުތައް ރެއާލަށް ކާމިޔާބުކޮށްދިނީ ބޭލްއާއި މޮޑްރިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނާޗޯއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ވަނީ ރެއާލަށް ދެވަނަ ހާފުގެ ތެރޭގައި 3 ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ...

އުމުރުން އެންމެ 18 އަހަރުގެ ރަޑުކާނޫގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އިގިރޭސި ވިލާތުގެ އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ  ޔޫއެސް އޯޕަންސް ކާމިޔާބުކޮށްފިއެވެ. ރަޑުކާނޫ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިގުޅިގެން ...

އާސެނަލްގެ މައްޗަށް ސްވެންސީ އިން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާ ވާދަކޮށް 3-1 އަކުން މޮޅުވެ ސްވެންސީ ސިޓީ ރެލިގޭޝަން ޒޯނުން ...