މުއިއްޒު އާއިމެދު ކަންތައް ކުރަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރާނެ ގޮތަކަށް: ޒައިދު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއިމެދު ކަންތައް ކުރަމުންދަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރައްވާނެހާ ނިކަމެތިކޮށް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ބަލަމުންދާ ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެ ނަމަ ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްލޭން ސީ ކަމަށް ޕީޕީއެމްގެ އިސްބޭފުޅުންނާއި، ރައީސް ޔާމީންގެ ދަރިކަލުން ޒޭން ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެންނެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އެހެން ބޭފުޅަކަށް ފުރުސަތު ދޭން ޔާމީން ސުޕްރީމްކޯޓުގައި އެދިވަޑައިގެންނެވިއިރު އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެނޑިޑޭޓެއް ނެރެން ނިންމާ އެޕާޓީން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ކެނޑިޑޭޓްކަންވެސް ދީފައެވެ.

މުއިއްޒުއާއިއެކު އަދާލަތު ޕާޓީގައިވެސް މަސައްކަތް ކުރި ޝައިޚު ޒައިދު ވިދާޅުވީ ފެނިގެން ދަނީ މުއިއްޒުއާއިމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރާ މަންޒަރުކަމަށެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް ޒައިދު ވިދާޅުވިއެވެ.

އަދުއްވަކާއިމެދުވެސް ކަންތައް ނުކުރާ ގޮތަކަށް ޕީޕީއެމްއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ޕީޕީއެމްއިން މިހާ ނިކަމެތިކޮށް ހިތުމަކީ ވަރަށް ދެރަވަރުގެ ކަމެއް! މީގެއިން ރައްޔިތުންނަށް ލިބިގެންދާނީ ވަރަށް ރަނގަޅު މެސެޖެއް!

 އަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ މުއިއްޒުއަކީ ޕީޕީއެމްއަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، މުއިއްޒުއާއިމެދު މިހާ ނިކަމެތިކޮށް ކަންތައް ކުރަން ކެރުމަކީ ޕީޕީއެމްއާއިމެދު ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

ޕްލޭން ABC ކިޔުއްވާނެ ކަމެއް ނެތް! ޢާންމުންނަށް ފެންނަނީ ވަރަށް ބޭއަދަބީކޮށް ޑރ.މުޢިއްޒާއި މެދު ކަންތައް ކުރެވޭތަން! ހަމަ ސީދާ ގަންހިންގުވަން ކުރާ މަސައްކަތް މިހާރު ފެންނަމުން ދަނީ! ދަށް ކޮށްލުމުގައިވެސް ޙައްދެއް އޮންނަންވާނެ ކަމުގައި ދެކެން! ކީއްވެތޯ ޑރ.މުޢިއްޒާމެދު މިހާ ރަޙުމެއްނެތީ؟

ޒައިދު ވިދާޅުވިއެވެ.

ޕީޕީއެމްއިން ޕްލޭން ބީއެއް ގެންގުޅުނު ނަމަވެސް މުއިއްޒު ވަނީ އިލެކްޝަނަށް ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމަށް ރަނިން މޭޓަކަށް ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައެވެ. އަދި މުއިއްޒު ވިދާޅުވެފައިވަނީ އުންމީދަކީ ރައީސް ޔާމީނަށް މިއިންތިޚާބުގައި ވާދަ ކުރެވުންކަމަށެވެ

މަސްދަރު : ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދިނީ މި އަހަރު: ރައީސް

މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

އައްޑޫ ލިންކުރޯޑުގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ގައުކެޑި ސަރަހައްދުން ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ...

ކޮވިޑް-19: ހުޅުމާލޭ ޖަލުން 6 މީހަކު ޕޮޒިޓިވް ވެއްޖެ!

ހުހުޅުމާލޭ ޖަލުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެކަން ކަރެކްޝަނަލް ސާވިސަސް އިން ހާމަ ކޮށްފިއެވެ. ކަރެކްޝަންސުން ހާމަކޮށްފައިވާގޮތުން ހުޅުމާލޭ ...