ބައެއް ވޯޓުފޮށިތައް އިލެކްޝަންސް އިން މިއަދު އަލުން ގުނަނީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ފާހަގަވެފައިވާ ބައެއް ވޯޓުފޮށި މިއަދު މެންދުރު ފަހު 1:30 ގައި އަލުން ގުނަން ފަށާނެ ކަމަށެވެ. ނަމަވެސް، އަލުން ގުނަން ހަމަޖެހިފައިވަނީ ކިތައް ވޯޓުފޮށި ކަމެއް އިސީއިން ސާފުކޮށްދީފައެއް ނުވެ އެވެ.

މީގެ އިތުރުން ވޯޓާގުޅޭ ބައެއް ޝަކުވާ ލިބެމުންދާ ކަމަށް އީސީއިން ބުނެފައިވީ ނަމަވެސް، އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް އީސީއިން ހާމަކޮށްފައެއް ނުވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާގެ ނަތިޖާއާއި ގުޅިގެން ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި އިންތިހާބުގައި އެހެން ފަހަރާ އަޅާބަލާއިރު ބާތިލް ވޯޓު އިތުރުކަން ފާހަގަކޮށް ޕީޕީއެމްއިން ވެސް ވަނީ ބާތިލް ވޯޓު އަލުން ގުނައިދިނުމަށް އެދިފަ އެވެ. އަދި އެމްޑީޕީއިން ވެސް ވަނީ ހަތަރު ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް އެދިފަ އެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : ސެމީފައިނަލް މެޗުތައް މިރޭ ކުޅޭނެ

ގައުމުން އިންތިޒާމް ކޮށްގެން ބާއްވާ ގައުމު ސްޓްރީޓް ކަޕް  ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅޭގޮތައް ޝެޑިއުލްކޮށްފިއެވެ. ...

ޢަބްދުﷲ ސަޢީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ...

އެމެރިކާއިން ކޮވިޑް ވެކްސިން ފުރަތަމަ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ އިން ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ...