ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު 13:30 ގައި މިޓީމު ފުވައްމުލަކަށް ޒިޔާރަތްކުރުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އައީދީ އިންޓަނޭޝަނަލް ޓީމުގެ މިޒިޔާރަތަކީ ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ދައުވަތަކަށް ކުރާ ޒިޔާރަތެކެވެ.

މިދަތުރުގައި އައީދީ ޓީމުން ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމްތަކާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅޭނެއެވެ. އަދި ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނާއި މުހިންމު ތަންތަނަށް މި ޓީމު ޒިޔާރަތް ކުރާނެއެވެ. މިޓީމުގެ ޒިޔާރަތުން ފުވައްމުލަކުގެ ކްރިކެޓަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ފުވައްމުލަކު ކްރިކެޓް އެކަޑަމީއިން ދެކެއެވެ. އަދި މި ޓީމުގެ ޒިޔާރަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ގެންދަވާ ފުވައްމުލަކު ސިޓީ ކައުންސިލުން ދެކިވަޑައިގަންނަވާ ގޮތުގައި ބޭރުގެ މިފަދަ ޓީމްތަކުން ފުވައްމުލަކަށް ޒިޔާރަތް ކުރުމުން ފުވައްމުލަކުގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރުވެ އެކަމުގެ އިގްތިސާދީ ފައިދާ ފުވައްމުލަކަށް ލިބިގެންދާނެއެވެ. އަދި ފުވައްމުލަކުގައި ގައުމީ ފެންވަރުގެ ކުޅިވަރު ކުޅުންތެރިން އުފެއްދުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.

ފުވައްމުލަކަކީ މުޅި ރާއްޖެއިން ވެސް ކްރިކެޓުގެ ރޮގުން ހޮވާލެވޭ ރަށެކެވެ. އެގޮތުން މިހާރު ވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ 5 ކުޅުންތެރިން އެބަތިއްބެވެ. މީގެތެރެއިން 3 ކުޅުންތެރިންނަކީ ރަށުގައި ތިބެގެން ތަމްރީނުވަމުންދާ ކުޅުންތެރިންނެވެ. މީގެއިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ފުވައްމުލަކުގެ 3 ކުޅުންތެރިން ހިމެނެއެވެ. ފުވައްމުލަކުގެ ކްރިކެޓް ކުޅުންތެރިންވަނީ އެންމެފަހުން މެލޭޝިއާގައި ބޭއްވުނު 19 އަހަރުން ދަށުގެ އޭޝިައަން ކަޕް ކޮލިފައިން ބުރުގައި އާއި ދުބާއީގައި ބޭއްވުނު 16 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވެސް ގައުމީ ޓީމަށް ކުޅެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް 148 ބޭފުޅަކަށް

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް މިއަހަރު 148 ބޭފުޅަކަށް ދެއްވައިފި ...

ދިރާގުން ފައިބާ ކަނެކްޝަނަށް ހިލޭ އަޕްގްރޭޑް ކޮށްދެނީ

ދިރާގުގެ އޭޑީއެސްއެލް އިންޓަނެޓް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް “ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް” އަށް ހިލޭ އަޕްގްރޭޑް ކޮށްދެ ...

ޔޫއެސް އެއިޑުން ރާއްޖެއަށް ތިން ލައްކަ ޑޮލަރުގެ ހިލޭ އެހީ

ޔޫއެސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް 300،000 ޑޮލަރުގެ (4.6 މިލިއަން ރުފިޔާ) ގރ ހިލޭ ...