ކޯޓްތަކާއި ގަލޮޅުދަނޑުގެ މަސައްކަތް- ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށް ބިޑް ނެގުން މިމަހު 16 ގައި

އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑާއި 4 ސިންތެޓިކް ޓްރެކާއި، 3  އިންޑޯ ވޮލީ ކޯޓާއި، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އޮންނާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޝްރޫއުތަކަށް 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މިދައުރުގައި މަސައްކަތްތައްފެށޭނެ ކަމަށެވެ. އަދި މި މަޝްރޫއުތައް ނިންމާނީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ

ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިންތެޓިކް ޓްރެކްތައް  އެޅުމަށް ނިންމާފައިވަނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.

ގަލޮޅު ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހުންނާނެ ގޮތުގެ ކުރެހުމެއް – ފޮޓޯ: ޔޫތް މިނިސްޓްރީ

މަހްލޫފު ވިދާޅުވީ، ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި ކަމަށެވެ.

ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް މުޅި ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ އެއް ދާއިރާއެވެ.

އެގޮތުން ޒަމާނުންސުރެ ހަމައެކަނި ފުޓްބޯޅައަށް ދީފައިވާ ހާއްސަ ކަމާއި އެއްވަރަށް އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް މި ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ފާއިރުވި ހަތަރު އަހަރުތެރޭގައި ކޮށްފައިވެއެވެ.

ބީޗް ވޮލީ، ބޯޑީބޯޑިންގ، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓް ބޯޅަ، ހޭންޑް ބޯޅަ އަދި ނެޓްބޯޅަ ފަދަ ކުޅިވަރުތަކާއި ޕޫލް/ބިލިއާޑް ފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ފާއިތުވި ހަތަރު އަހަރު ރާއްޖޭގައި ވަނީ ބާއްވާފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ބޭރުގައި ފުރަތަމަ ފަހަރަށް އިމާރާތް ކުރި އައުޓް ޑޯ ޓެނިސްކޯޓް، ޅ. ނައިފަރުގައި ގާއިމުކުރުމުގެ މަސައްކަތް ވަނީ ނިމުމަކާއި ގާތުގައި ކަމަށް އިއްޔެ ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް ވިދާޅުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެގެ އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވޭ – އެކަމަކު 34 ރެމްޑަމް ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވޭ – ސިއްހީމަރުކަޒު

ހުޅުދޫއާއި މީދުން އިއްޔެ ނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތުދީފިއެވެ. ސިއްހީމަރުކަޒުން މައުލޫމާތު ދިން ގޮތުގައި ...

ހައުސިންގ މިނިސްޓަރ އާޠިފާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި

ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ޝަކޫރު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވައިފިއެވެ.  މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ އާޠިފާ އިސްތިއުފާދެއްވުމަށް ހުށައަޅާފައިވަނީ ސިއްޙީ ...

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ...