އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހީންނާއި 3 ބިދޭސީންނެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 38 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 255 އެވެ.

 އިއްޔެ އަލަށް ޕޮޒިޓިވްވި 38 މީހުންގެ ތެރެއި 16 މީހުން ހިތަދުން ޕޮޒިޓިވްވެރފައިވާއިރު  މަރަދޫން ވެސް ޕޮޒިޓިވްވެފައިވަނީ 16 މީހެކެވެ. އަދި ފޭދޫން 5 މީހަކު ޕޮޒިޓިވްވެފައިވާއިރު  މަރަދޫފެދޫއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ.

އައްޑޫގައި މިވަގުތު ތިބި ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ތަކަށް ބަލާއިރު  ހިތަދޫގައި ތިބީ  126 މީހެކެވެ. މަރަދޫގައި ތިބި 62 މީހަކެވެ.  މަރަދޫފޭދޫގައި ތިބި 3 މީހުން ތިބިއިރު  ފޭދޫގައިތިބި 44 މީހަކެވެ. އަދި  ހުޅުދޫގައި ތިބި 7 މީހުން ތިބިއިރު  މީދުގައި ތިބީ 12 މީހެކެވެ. އަދި މީގެ އިތުރަށް ގަމުގައި ހުރީ އެންމެ މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 2049 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1786 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައުންސިލްތަކަށް ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ...

ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި

  އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް  ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ ...

އައިއެސް އާއި ގުޅުންހުރި ބަޔަކު އައްޑޫ އިން ހައްޔަރުކޮށްފި

އައިއެސް އަށް ނިސްބަތްވާ ބަޔަކު އައްޑޫ އިން ހައްޔަރުކޮށްފި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ. ނަމަވެސް އެ ...