އެކި ސަބަބުތަކާ ހުރެ ތައުލީމް އުނގެނުމާއި ދުރުވެފައިވާ 200 ކުދިން އަލުން ތައުލީމީ ނިޒާމްގެ ތެރެއަށް ގެނެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާހުރެ، ކިޔެވުމުން ދުރަށް ޖެހިފައިވާ ނުވަތަ ދުރަށް ޖެހިދާނެ ކުދިން ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެފަދަ ކުދިންނާއި އެކީގައި އެކުދިންނަށް އެންމެ އެކަށީގެންވާ ތައުލީމީ ޕްރޮގްރާމަކީ ކޮބައިތޯ ބެލުމަށްފަހު، އެކުދިންނާއެކީގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 200 ކުދިން އަނބުރާ ކިޔެވުމުގެ މާހައުލަށް ގެނެވިފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ މިމަސައްކަތް ކުރުމުގައި އެޑއިުކޭޝަން މިނިސްޓްރީއާއި އެކީގައި މަސައްކަތް ކުރާ ވަކި ވަކި މުއައްސަސާތަކާއި އެކީގައިވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އައްޒަ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤާއިމް ކުރަންޖެހޭ އުސޫލުތައް ޤާއިމްކޮށް، ތަންފީޒީ މަރުހަލާ ހަރުދަނާ ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކިޔެވުމާއި ދުރު ކުދިން ދެނެގަނެ، އެފަދަ ކުދިން ސްކޫލަށް އަނބުރާ ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު، މިއަހަރުގެ މާޗް މަހުގައި ކުދިންގެ އަހްލާގް ބެލެހެއްޓުމާއި ބެހޭ ސިޔާސަތެއް ތަންފީޒް ކުރާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަންފީޒް ކުރުމަށް ނިންމާފައިވާ ބިހޭވިއަރ މެނޭޖްމެންޓް ޕޮލިސީއަކީ، ބޭރުގެ އެހެން ގައުމުތަކުގައި ތަންފީޒް ކުރަމުން އަންނަ ޕޮލިސީތައް ބަލާ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ޕޮލިސީއެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ ތަރައްގީއަށް މިހާތަނަނަށް އެންމެ އިސްކަމެއްދިން ވެރިއަކީ ރައީސް ސޯލިހު: ޝަރީފް

އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދިން ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް އައްޑޫ ...

އައްޑޫ ރައްޔިތުންގެ ޙައްޤުގައި ރައީސް ޞާލިޙް ގެންދަވަނީ އެތައް ގުރުބާނީއެއް ވަމުން: ނިހާދު

އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ އެތައް ގުރުބާނީއެއް ވަމުން ކަމަށް އެ ...

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. އެމްޑީޕީއިން ...