ރައީސް ނަޝީދަަށް ހަމަލާދިން ހަތަރު މީހަކު ފާހަގަކުރެވިއްޖެ: ސީޕީ ހަމީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާގުޅޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ހަމަލާދިނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެ ކައިރިން ކާރަށް އަރައިވަޑައިގަންވަނިކޮށް އެއްޗެއް ގޮއްވައިލައިގެން ބުރާސްފަތި ދުވަހުގެރޭ 20:30  ހާއިރުއެވެ.

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އެ ހަމަލާއާއި ގުޅިގެން ޝައްކުކުރެވޭ ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން މިހާތަނަށް ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ހަމައެހެންމެ އެ ހަތަރު މީހުންނާ ގުޅޭ ގޮތުން ޕީޖީއާއި މަޝްވަރާކުރެވިފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެމްބަރު ވަހީދަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަރާލަންޖެހޭކަމަށް ބުނެ ފޭސްބުކްގައި ލިޔުނު ނ. ކުޑަފަރީ ...

ލޮކްޑައުންއަށް ލުއި ދިނީ އަލުން ލޮކްޑައުން އަށް ދާން ނުޖެހޭނެ ކަމަށް ވިސްނައިގެނެއް ނޫން- އަމީން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދު ގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ...

ރައީސް މުއިއްޒު ތާއިދުކުރައްވާ އެހެން ކެނޑިޑޭޓަކު މިދާއިރާގައި ނުހުންނާނެ- ފޮރިންގ މިނިސްޓަރ

އިޔާޒު ޖާދުﷲ ނަސީމަކީ ރައީސް މުއިއްޒާއި ޕީއެންސީ އަދި ސަރުކާރުން ތާއީދުކުރާ   ކެނޑިޑޭޓްކަމަށާ އެހެންކަމުން އިޔާޒު ނަސީމު ހޮވުމަށްޓަކައި ...