އެކުވެރި ގައުމުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރާ- ސަރުކާރު

ސިޔާސީ ލީޑަރުން ޒިންމާދާރުވެ އެކުވެރި ގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ސަރުކާރުން ގޮވާލައްވައިފިއެވެ

ސަރުކާރުން އެގޮތަށް ގޮވާލީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ “އިންޑިޔާ އައުޓް” ކެމްޕޭނާއި ގުޅިގެން އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައެެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ވާހަކަ ފަތުރައި އިންޑިއާއާމެދު ނަފުރަތު އުފައްދަން “މަދު ދިވެހީންތަކަކާއި ސިޔާސީ މީހުން” މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ސަރުކާރުން އަބަދު ވެސް ތަރުހީބު ދޭނެ ކަންކަން ކަމަށާއި އެ ހައްގުތަކުގެ ބޭނުން ހިފަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން، އެ ގުޅުންތައް ހީނަރުވުމުގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ އެ ގައުމުތަކުގެ ރައްޔިތުންނާއި އެ ގައުމުތަކުގައި އުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އަސަރުކުރާނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ޒިންމާދާރުވެ، އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާ ފަދަ ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވާން ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ހުރިހާ ގައުމަކާއެކު ވެސް ގުޅުން ދަމަހައްޓަނީ ދެ ފަރާތުގެ މަސްލަހަތު އޮންނަ ގޮތަށް ކަމަށާއި، ގުޅުން ދަމަހައްޓަނީ ރާއްޖެއާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް އެއްގޮތަށް ކަމަށެވެ. އަދި ބޭރު ގައުމުތަކާ އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރުލެއް ނާރާނެ ކަމަށާއި، އެ ގުޅުންތައް ބައްޓަންކޮށްފައި ވަނީ ރާއްޖެއަށާއި ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މީގެ ކުރިން ވެސް އިންޑިޔާއާއި ދެކޮޅު ކެމްޕޭނަށް ބޭރު ދުނިޔޭގެ ސަމާލުކަން ލިބެން ފެށުމުން ވެސް ސަރުކާރުން ބަޔާނެއް ނެރެ އެއީ ވަރަށް މަދު ބަޔެއްގެ ޝުއޫރު ކަމަށް ބުނެފައިވެއެެވެ.

ރައީސް ޔާމިން ޖަލުން މިނިވަންވެވަޑައިގަތުމާއެކު އިންޑިޔާ އައުޓް ކެމްޕޭން މާލެ އާއި އަތޮޅުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެެ. އިންޑިޔާ އައުޓް ހަރަކާތްތައް މާލޭގައި ބޭއްވުމަށް ސަރުކާރުން ކުރިން ފުރުސަތު ދިން ނަމަވެސް އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން އެންމެ ފަހުން މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ސަރުކާރުން ވަނީ ބޭއްވިޔަ ނުދީ ހުއްޓުވާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.ޓީ.ސީ.ސީގެ އުނޅަދު ފަހަރުގައި މުދާ އުފުލުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

ހުޅުމީދޫގައި އޮފަރޭޓްކުރާ އެމް.ޓީ.ސީ.ސީގެ އުނޅަދު ފަހަރުގައި މުދާ އުފުލުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ކުރިއާއި ހިލާފަށް މިހާރު ...

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ. މިއީ އައްޑޫސިޓީގައި މަސައްކަތްކުރާ ...

ނިޒާމު ބަދަލުކުރަން ހިޔާލު ހޯދަން ރައީސްވެސް މަރުހަބާ ކިޔާނެ: މަބްރޫކް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ...