އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހިން ނުލިބުމުން: އެޑިއުކޭޝަން މިނިސްޓްރީ

advertisement

އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް އެކަމަށް އިޖާބަނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިމިވަނީ ކެރެލާއިން ގުރުއާން އަދި އަރަބި ކިޔަވައިދޭނެ ޓީޗަރުން ރާއްޖެ ގެނައުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށެވެ

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށް ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އިންޑިޔާގެ ހައިކޮމިޝަނުންގެ ފަރާތުން އިންޑިޔާ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް ކަމަށެވެ

އަދި މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައިކަން ފާހަގަކޮށް މިނިސްޓްރިން ބުނީ މި މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި ކާޅު މެރުމުގެ މަސައްކަތް ފަށައިފި

މީދޫގައި އުޅެމުންދާ ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްކުރުމަށް    ކާޅުތަކަށް  ބަޑި ޖަހައި މެރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ...

ޗާޓަރު ފްލައިޓެއް ބާއްވައިގެން ސަފާގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަނީ

ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު ސަފާ ގްރޫޕްގެ އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި ފުރުވާލުމަށް އެ ގްރޫޕުން މިހާރު މަސައްކަތްކުރަމުންދާކަން ...

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...