ގިނަ އަހަރުތަކަކަށް ޕީޕީއެމްގައި ހިދުމަތް ކުރި މީދޫ ނިރު މުހައްމަދު އިބްރާހިމް  އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  މުހައްމަދު އިބްރާހިމް އަކީ މީދޫގައި ޕީޕީއެމް ނަގާކިޔާ ވަރުގަދަ ލީޑަރެކެވެ.

މުހައްމަދު އިބްރާހިމް  އެމްޑީޕީއަށް ސޮއިކުރުމަށްފަހު ސޮއިކުރެއްވި ފޯމް ހަވާލުކޮށްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީދުއަށް މިމަހު 5 ވަނަ ދުވަހު ކުރެއްވި ދަތުރުގައި ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.  

މުހައްމަދު އިބްރާހިމް އެމްޑީޕީއަށް ސޮއިކުރެއްވިއިރު މުހައްމަދު އިބްރާހިމްގެ އާއިލާގެ ބޭފުޅުންވެސް ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ވަނީ ސޮއިކޮށްފައެވެ.

މުހައްމަދު އިބްރާހިމް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނީ އެމްޑީޕީއާއި ގުޅުނީ އޭނާއަކީ އަބަދުވެސް ތަރައްގީއަށް މަސައްކަތްކުރާމީހަކަށްވެފައި އަދި ، ތަރައްގީ ދެކެ ލޯބިވާމީހެއް ކަމަށްވާތީ އެމްޑީޕީން ރާއްޖޭގެ އެކިހިސާބުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ފެނި ތަރައްގީ ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުންކަމަށެވެ.

” އެމްޑީޕީއާއި ގުޅުނީ އަޅުގަޑަކީ އަބަދުވެސް ތަރައްގީއަށް މަސައްކަތްކުރާމީހަކަށްވެފައި އަދި ، ތަރައްގީ ދެކެ ލޯބިވާމީހެއް ކަމަށްވާތީ ، އަދި  އެމްޑީޕީން ރާއްޖޭގެ އެކިހިސާބުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ފެނި ތަރައްގީ ދެކެ ލޯބިވާ މީހެއްކަމަށްވާތީ”

މުހައްމަދު އިބްރާހިމްދީދީ ބުނެފައިވެއެވެ.

މުހައްމަދު އިބްރާހިމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިތުރަށް ބުނީ އެމްޑީޕީގައި ވޯކްކުރާ ޓީމެއް  އެބައޮތްކަމަށާ އެކަމަކު  އޭނާ ޕީޕީއެމްގައި ހުރެގެން ހޭދަވި 12 އަހަރުގެތެރޭގައި އޭނާއަށް ޕީޕީއެމުން ޓީމެއް ފެނިފައިނުވާކަމަށެވެ.

” އަޅުގަޑު އެމްޑީޕީ އިޚުތިޔާރުކުރީ އަޅުގަޑަށް އެބަފެނޭ އެމްޑީޕީގެ ވޯކްކުރާ ޓީމެއް .  އެކަމަކު ޕީޕީއެމްގައިހުރެގެން މިވީ 12 އަހަރުގެތެރޭގައި އަޅުގަޑަކަށް ޓީމެއް ނުއެއް ފެނޭ ، އަޅުގަޑަކީ ޓީމަކާއެކު މަސައްކަތް ކުރަން ބޭނުންވާ މީހެއް . އަޅުގަޑު ސިޔާސީ ޕާޓީއަކާ ގުޅިގެން ހުންނައިރު ބޭނުންވާނެ ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގަން ، ޕީޕީއެމްއަކަށް އެކަމެއް ނުކުރެވޭ

މުހައްމަދު އިބްރާހިމްދީދީ ބުނެފައިވެއެވެ.

މުހައްމަދު އިބްރާހިމް ބުނީ އޭނާއަކީ ޕީޕީއެމްގެ ލީޑަރޝިޕަށް މިހާރު މުހިންމު މީހެއް ނޫން ކަމަށާއި، އޭނާ ވީ ގުރުބާނީ އެޕާޓީގެ އިސްވެރިން މިހާރު ހަނދާން ނެތްކަމަށެވެ.

” އެމީހުންނާއި އަޅުގަޑާ ދިމާވާ މައްސަލައަކީ އަޅުގަޑު ކަމަކަށް ބޭނުންވެގެން ، ބުނެފިކަމަށް ވަންޏާ ބުނާނެ ތިމަކެއް ނެތޭ މިއަދަކު ކުރެވޭކަށް ، އެސަބަބަށްޓަކައި ބައިވަރު ގޮންޖެހުންތައް ހުރީމާ އަޅުގަޑު ޚިޔާރުކުރީ ސިޔާސީގޮތުން ތަރައްގީއަށްޓަކައި ، ގައުމަށްޓަކައި ، ދީނަށްޓަކައި ، މަސައްކަތްތަކެއް ކުރެވޭނީ އެމްޑީޕީގައިހުރެގެން ކުރިއަށްދިޔައިމާކަން ވިސްނޭތީ އަޅުގަޑު އެމްޑީޕީއާއި ގުޅުނީ”

މުހައްމަދު އިބްރާހިމްދީދީ ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިޚާބަކާ މުސާރަ ބޮޑުކުރުމަކާ ގުޅުމެއް ނެތް: މިއުވާން

ރިޔާސީ އިންތިހާބާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، އެއްވެސް ގުޅުމެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ...

މީދޫއާއި ހުޅުދޫގައި ފެން ބޮޑުވެއްޖެ

މީދޫއާއި  ހުޅުދުއަށް ރޭ ވިއްސާރަވެ، މިދެ ރަށުގެ ގިނަ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ އެނގިފައިވާ ގޮތުގައި މީދޫއާއި ހުޅުދޫގެ ...

ޓްރަކެއް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ބޮޑުހިލަ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޓްރަކެއް ބާރު ސްޕީޑްގައި ދުއްވާފައިދަނިކޮށް  ކޮންޓްރޯލް ނުކުރެވިގެން ގޮސް އައްޑޫސިޓީގެ ހަންކެނޑެ ބްރިޖްގެ ފެންސްގައި ...