މުޖުރިމުން ދައްކާ ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި “ކެރީކުރީމަ” އަޅުގަނޑު ހިތާމަ ކުރަން – ރައީސް

މުޖުރިމުން ދައްކާ ބޮޑެތި ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ކެރީކުރީމަ ހިތާމަފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ މާދަމާ ހަތަރު އަހަރު ފުރޭއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ވަކީލުން މެދުވެރިކޮށް މިއަދު ނެރުއްވި ބަޔާނަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރިލްވާން ހޯދަން ކެބިނެޓު ފެންވަރުގައި މަސައްކަތެއް އެއްވެސް އިރަކު ނުކުރާ ކަމަށެވެ.

ރާއްޖޭގެ ނޫހަކުން ކުރީގެ ނައިބު ރައީސްގެ ބަޔާނެއް އެމަނިކުފާނު ދެކެވަޑައިގަތްކަމަށާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ ކެބިނެޓް ފެންވަރުގައި ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ރައީސް ޔާމީން ހުއްޓުވާލީއޭ ބުނެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކެބިނެޓްގައި ތިއްބެވި ވަޒީރުން އޭރުވެސް ކެބިނެޓްގައި ތިއްބެވި ކަމަށާ އެކަމަށް އެބޭފުޅުން ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ބޮޑެތި ޙުކުމްތަކުގައި ޖަލުގައި ދުވަށް ގުނަމުންދާ ބޮޑެތި މުޖުރިމުން ދައްކަމުން އަންނަ ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ދައުރުވީމާ އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރިޟްވާން ފެއްލުނު ހާދިސާ އަކީ ހިތާމަވެރި ޙާދިސާއެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފއެވެ.

ރައީސް ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުﷲާނު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ދެކުނުބުރީ މަޑަވެލި ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއާއި، ގދ. ގައްދޫއަށް ވަޑައިގެން އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެދެރަށުގައި ތަރައްޤީކުރައްވާފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީ ސަރުކާރުގައި ތިނަދޫ ތަރައްޤީކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް!

އެމްޑީޕީގެ ލީޑާޝިޕުން މިއަދު ބުނާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ، ތިނަދޫ “ފަޅުކުރައްވަމުން”ނެވެ. އަދި އެމްޑީޕީން ތިނަދޫ “ތަރައްޤީ” ...

މީދޫ ޔޫތު ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަނީ

މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް 2020  ގެ  ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މާދަމާ ( ...

ނިޕާ ވައިރަސް ފަތުރާ ވާ ރައްޖޭގައި އުޅޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރައްޖޭގައި އުޅޭތީ، އެ ބަލި ރާއްޖެއަށް ...