ކުއާޓާ ފައިނަލްގައި ގައުމިއަންސްއާއި ޒެފިޔާ ، ލޮތާރިއާއި އެސްކޭޕީ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މީދޫ ގައުމިއަންސްއާއި ހިތަދޫ ޒެފިޔާ ވާދަކުރަން ޖެހުނު އިރު، މީދޫ ކްލަބް ލޮތާރިއާއި ހިތަދޫ އެސްކޭޕީ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.

މިމުބާރާތުގެ މެޗްތައް ގުރުއަތު ލެވުނު ދުވަހު ހަމަޖެހުނު ގޮތުން ގްރޫޕް އޭ ގެ ދެވަނައަށް ހޮވޭ ޓީމަކާ ކުއާޓާ ފައިނަލްގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިއޮތީ ގްރޫޕް ބީގެ 3 ވަނަ ޓީމެވެ. އަދި ކްއާޓާ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރަން އޮތީ ގްރޫޕް ބީގެ 2 ވަނައަށް ހޮވޭޓީމަކާ ގްރޫޕް އޭގެ ތިންވަނައަށް ހޮވޭ ޓީމެކެވެ.

މީދޫ ލޮތާރިއާއި ބައްދަލުކުރާ ހިތަދޫ އެސްކޭޕީ ޔުނައިޓެޑްގެ ޓީމް

 އެހެންކަމުން މާދަމާރޭ ކުޅެވޭ ކުއާޓާފައިނަލްގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން ދެވަނައަށް ހޮވުނު މީދޫ ގައުމިއަންސްއާއި ގްރޫޕް ބީގެ ތިންވަނައަށް ހޮވުނު ހިތަދޫ ޒެފިޔާއެވެ.

މާދަމާރޭ ކުޅެވޭ ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ  2 ވަނައަށް ހޮވުނު މީދޫ ކްލަބް ލޮތާރިއާއި ގްރޫޕް އޭއިން 3 ވަނައަށް ހޮވުނު ހިތަދޫ އެސްކޭޕީ ޔުނައިޓެޑެވެ.

މިމުބާރާތުގެ ސެމީފައިނަލަށް ގްރޫޕް އޭއިން  އެއްވަނަ ހޯދައިގެން ހިތަދޫ މައިލޯސިޓީ ހޮވިފައިވާއިރު ބްރޫޕް ބީން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވިފައިވަނީ ހުޅުދޫ އެފްސީއެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ސްކޮލަރ ޝިޕްތައް ދެއްވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ...

އައްޑޫގެ ޓޫރިޒަމް ޕްރޮޖެކްޓަށް އިތުރު 11.4 މިލިއަން ރުފިޔާ އިންޑިއާ އިން ދީފި

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓްއަރިޒަމް “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ދަށުން ހިންގާ ފަސް ...