ކަނޑުގެ އިންކަނޑައެޅުމުގެ މައްސަަލަ ކާމިޔާބުކުރަން ރާއްޖޭގެ ޓީމުން ކުރީ ބުރަ ބޮޑު މަސައްކަތެއް: ޕްރޮފެސަރ ޕަޔަމް

ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގައި މޮރިޝަސްއާ ފުށުއަރާ ސަރަޙައްދުން ބޮޑު ބައި ކާމިޔާބުކުރެވުނިީ ރާއްޖެއިން ރަނގަޅު ގިނަ މަސައްކަތްތަކެއް ކޮށްގެންކަމުގައި، ރާއްޖޭގެ ފަރާތުން އިޓްލޮސްގައި ވާކަލާތުކުރެއްވި ޓީމުގެ އިސް ވަކީލު ޕްރޮފެސަރ ޕަޔަމް އަޚުވާން ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ ވިދާޅުވީ މޮރިޝަސްއިންވެސް ގިނަ ލިޔެކިޔުންތަކެއް ހުށައަޅާ، ފުށުއަރާ ސަރަޙައްދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެކިޔުމާއި ސައިންޓިފިކް ހެކިތަކަށް ރައްދުދިނުމުގައި މޮރީޝަސްއަށް ނާކާމިޔާބުވީ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން، އެ ޤައުމެއްގެ ހިކިފަސް ހިސާބުން ފަށައިގެން 200 ނޯޓިކަލް މޭލުގެ ސަރަޙައްދަކީ، އެ ޤައުމެއްގެ ސަރަޙައްދެވެ.

ސަރަޙައްދު މިންކުރާ “އިކުއިޑިސްޓެންސް ލައިން” އަށް ބަލާއިރު، ރާއްޖެއަށް ވަނީ އިމުން ބޮޑު ބައި ލިބިކަމަށް އިޓްލޮސްއިން ނިންމައިފައެވެ. ފުށުއަރާ ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

ޕްރޮފެސަރ ޕަޔަމް ވިދާޅުވީ މޮރިޝަސްއިން މަސައްކަތްކުރީ، އެ ޤައުމުގެ އުތުރުގައިވާ “ބްލެންހެމް ރީފް” ން ފެށިގެން މިން އެޅުމަށެވެ. އެހެންވެއްޖެނަމަ ރާއްޖޭގެ އިމުގެ ތެރެއިން އިތުރު 22000 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް އަރައެވެ. ޕަޔަމް ވިދާޅުވީ މިގޮތަށް އިން ކަނޑައަޅައިދިނުމަށް މޮރިޝަސްސިން އިޓްލޮސްއަށް ހުށައެޅިނަމަވެސް، އެގޮތަށް ނިންމާފައި ނުވަނީ އެކަށީގެންވާ ހެކިތަކާއި ލިޔެކިޔުން ހުށައެޅުމަށް އެ ޤައުމުން ނުކުޅެދުމުން ކަމަށެވެ.

“ބެލެންހެމް ރީފް”އަކީ ހިކި ދިޔައިގައި މޮރިޝަސްއާ ދުރުން ފެންނަ ފަރުގެ ސަރަޙައްދެކެވެ. ނަމަވެސް އެތަނަކީ ހިކިފަސްތަނަކަށް ނުވުމާއި، އަދި މީހުން ދިރިއުޅޭ ބިމަކަށް ނުވާތީ އެކަން ބިނާކޮށް އިން ކަނޑައެޅުމާ އިޓްލޮސްއިން ބާރދީފައެއް ނުވެއެވެ.

ދިވެހިންގެ ގިނަ ބަޔަކު ބުނަމުންދާގޮތުގައި، މި ނިންމުމާއެކު ދިވެހިން މަސްވެރިކަމަށް ދަތުރުކޮށް އުޅުނު ސަރަޙައްދު ގެއްލެއެވެ. ޕަވަން ވިދާޅުވީ މިއާ ޚިލާފައި އިން ކަނޑައެޅިގެން ދިއުމަކީ އޭގެ ބޭރު ޤައުމަށް މިލްކުވާކަމެއް ކަމަށެވެ. އަދި މިހާތަނަށް ދެކެވުނު ވާހަކަތަކުގައި، މަސްވެރިކަމުގެ ބޭނުމަށް އެ ސަރަޙައްދު ޙިމާޔަތްކުރާނެ ފަދަ ވަަހަކަތަކެއް މޮރިޝަސްއިން ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިކަމަކީ، އިންކަނޑައެޅުމުގެ މައްސަލައިގައި ހިމެނޭ ކަމެއް ނޫންކަމަށާއި، މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އެ މައްސަލައަށް ވަކިން ވަކާލާތުކުރެވޭނެ ކަމެއްކަމަށެވެ.

ޕްރޮފެސަރ ޕަވަން ވަނީ، އިން ކަނޑައަޅުމުގެ މައްސަލަ ކާމިޔާބުކުރުމަށް ރާއްޖެއިން ކުރި މަސައްކަތަށް ތަޢުރީފުކުރައްވާފައެވެ

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު : ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތައްޔާރުކުރި ނޭޗާރ ޕާރކް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތަރައްޤީކުރި ނޭޗަރ ޕާރްކްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައްކެއް

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...

ދުނިޔޭގެ 1 ވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ...