މައިލޯސިޓީއާއި ހުޅުދޫ އެފްސީ ސެމީފައިނަލަށް

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން މައިލޯ ސިޓީއާއި ހުޅުދޫ އެފްސީ ޖާގަ ހޯދައިފިއެވެ.

މައިލޯ ސިޓީން ސެމީފައިނަލުން ޖާގަހޯދީ  1-0 ގެ ހަނި ތަފާތަކުން ރޭ ޖަންތާގަރާޖު ބަލިކުރުމަށްފަހު ލިބުނު އެއްޕޮއިންޓާއެކު ޖުމްލަ 10 ޕޮއިންޓް ހޯދައިގެން  ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ރޭ މައިލޯސިޓީއާއި ޖަންތާ ގަރާޖު ބައްދަލުކުރި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ގޯލް ބަލަހައްޓަމުންދިޔަ މުހައްމަދު އަހުމަދެވެ.

މައިލޯސިޓީއާއި ޖަންތާ ގަރާޖު ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: މުހައްމަދު އަހުމަދު

މިމުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ހުޅުދޫ އެފްސީ ސެމީފައިނަލަށް ހޮވުނީ ރޭ ލޮތާރިއާއިއެކު ކުޅުނު މެޗް 0-0 އިން އެއްވަރުވެ ލިބުނު 1 ޕޮއިންޓާއެކު ޖުމްލަ 10 ޕޮއިންޓް ހޯދައިގެން ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ރޭ ހުޅުދޫ އެފްސީއާއި ލޮތާރި ބައްދަލުކުރިމިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ހުޅުދޫ އެފްސީގެ ލިރުއާމެވެ.

ހުޅުދޫ އެފްސީއާއި ލޮތާރި ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: އަލީ ލިރުއާމް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫޓީމް ބަލިކޮށް ޓީމް ވޮރިއާސް ފައިނަލަށް

ޓީމް ވޮރިއާސްއާއި ބައްދަލުކޮށް ބަލިވުމުގެ ސަބަބުން މީދޫ ޓީމް ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުން ކަޓައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ...

ބެސްޓް ފުޓްސަލް މުބާރާތް 2018- މިރޭ ކުޅެވޭ ދެމެޗަކީ ފޯރިގަދަ ވާނެ ދެމެޗް

ބެސްޓް ފުޓްސަލް މުބާރާތް 2018 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފޯރިގަދަވާނެކަމަށް ބެލެވޭ ދެމެޗެވެ. މިގޮތުން ގްރޫޕް އޭގެ ...

ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑާއި ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެދެޓީމްވެސް ކާމިޔާބު ...