ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑާއި ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެދެޓީމްވެސް ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް ޔުނައިޓެޑުން މެޗް ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް  ހޯދައި ދިނުމަށްފަހު އެ ޓީމް ދޫކޮށްލުމަށްފަހު 12 އަހަރު ފަހުން އެނބުރި އެ ކުލަބާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ކުޅުމެއް ދައްކައި ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ނިއުކާސަލްއާއެކު ކުޅުނު މިމެޗްގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑްގެ ގްރީންވުޑް ފޮނުވާލި ބާރު ހަމަލާ ނިއުކާސަލްގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެންޗެސްޓާއިން ލީޑު ނަގާފައިވަނިކޮށް މެޗުގެ 56 ވަނަ މިނެޓުގައި ނިއުކާސަލްގެ މަންކީލޯ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް 62 ވަނަ މިނެޓުގައި ލުކާ ޝޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ވަނީ ލަނޑުޖަހައި މެޗުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ

މިމެޗަގައި މެންޗެސްޓަރގެ 3 ވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ  ބްރޫނޯ ފެނާންޑޭޒްއެވެ. ޔުނައިޓެޑުން މިމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިންގާޑެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނާގައެވެ. ޔުނައިޓެޑް އަތުން ބަލިވި ނިއުކާސަލް އޮތީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު 19 ވަނާގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ޗެލްސީން ވަނީ އެސްޓަންވިލާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި މަޓެއޯ ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކޮވެސިޗް ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އަޒްޕިލްކުއޭޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ލަނޑުގެ ތަފާތުން ދެވަނަ ޗެލްސީއަށް ލިބޭއިރު ޗެލްސީއަތުން ބަލިވި އެސްޓަންވިލާ އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު 12 ވަނާގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެމްޕިއަންސް ލީގު – ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލަށް  ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ  ދަތުރުކޮށްފިއެވެ. ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ...

ގައުމު ސްޓްރީޓް ކަޕް 2020: ޒެފިޔާ ބަލިކޮށް ކްއާޓާފައިނަލްގެ ފުރުސަތު ހަބޭސްއިން ހޯދައިފި

“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު  ކުޅުނު ގްރޫޕް ޑީގެ މެޗް  ފޭދޫ ހަބޭސް ކާމިޔާބުކޮށް ...

ކްލަބް ރެޑްއެންޓްސްއިން ގައުމު ޖޫނިއާސް ބަލިކޮށްފި

ގަންބުރި ޗެލެންޖް 2018 ގައި ގައުމު ޖޫނިއާސްއާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން ބަލިވެފައިވާ ޝައުގު ސިޔާކަޕް ...