ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގައ ގައުމިއަންސްއާއި އެސްކޭޕީ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ 0-0 އިންނެވެ.
ރޭ ގައުމިއަންސްއާއި އެސްކޭޕީ ޔުނައިޓެޑް ބައްދަލުކުރި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްކޭޕީ ޔުނައިޓެޑްގެ އިބްރާހިމް އަމީނެވެ.
މިމެޗު އެއްވަރުވުމުން އެސްކޭޕީ ޔުނެއިޓެޑަށް 3 މެޗު ކުޅެގެން ލިބިފައިވަނީ 2 ޕޮއިނޓެވެ. މިމެޗް އެއްވަރުވެގެން ނިމުމުން ގައުމިއަންސްއަށް 4 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.

އެސްކޭޕީ ޔުނެއިޓެޑާ ގައުމިއަންސް ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: އަމީން

ކޮމެންޓްސް (0)