ސްޕެއިންގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަން ފަށައިފި

ސްޕެއިންގެ މެޑްރިޑްގައި ފިޓޫރުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ޓޫރިޒަމް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނާއެކު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން 38 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިފައިވަނީ 71 އަކަފޫޓުގެ ސްޓޭންޑެކެވެ. އެ ސްޓޭންޑުގައި ޖުމްލަ 22 ކައުންޓަރު ގާއިމުކޮށްފައިވާ ކަމަށާއި އެ ސްޓޭންޑުގައި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

ފިޓޫރުގެ ފުރަތަމަ ތިން ދުވަސް ޓްރޭޑް ވިޒިޓަރުންނަށް ޚާއްސަކޮށްފައިވާއިރު، ފެއާގެ ފަހު ދެ ދުވަހު އާންމުންނަށް ވެސް އެ ފެއާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މި ފެއާއަކީ ސްޕޭނުގެ މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ފެއާއެއް ނަމަވެސް، މި ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން އިސް ފަރާތްތަކާ ބައްދަލު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު އެއް މަގްސަދަކީ ސްޕޭނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށްވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު 9.2 އިންސައްތަ ވަނީ އިތުރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިޚާބަކާ މުސާރަ ބޮޑުކުރުމަކާ ގުޅުމެއް ނެތް: މިއުވާން

ރިޔާސީ އިންތިހާބާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، އެއްވެސް ގުޅުމެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ...

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ހިމަނައިފި

ރިޔާސީ އިންތިހާބުގައި، މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ...

ޗެލެންޖާސް އާއި އުސްގަޑަ ޖޫނިއާސްގެ ކުރިމަތިލުން އެއްވަރު

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ...