ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ތެރެއިން މީދޫ އެފްސީ ޗެލެންޖާސްއާއި  ހިތަދޫ އުސްގަޑަ ޖޫނިއާސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.

މިއަދު ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި  ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އުސްގަޑަ ޖޫނިއާސްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އބްރާހިމް އާލަމްއެވެ.

އެފްސީ ޗެލެންޖާސްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ  އެއްވަރުކޮށްދިނީ އެޓީމުގެ ސަހާފްއެވެ.

މިމެޗް އެއްވަރުވެގެން ނިމުނުކަމުގައިވިޔަސް ދެޓީމްގެ  ކުޅުންތެރިންނަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ކާމިޔާބު ނުވެފަ އެވެ.  .

މިމެޗް އެއްވަރުވެގެން ނިމުމުން ޗެލެންޖާސްއަށް 3 މެޗު ކުޅެގެން ލިބިފައިވަނީ 7 ޕޮއިންޓެވެ. އުސްގަޑަ ޖޫނިއާސް މިމުބާރާތުގައި ކުރީން ކުޅުނު މެޗްގައި ކްލަބް ރިވެރިން ނެކްސަސް އާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން ވަނީ ބަލިވެފައެވެ. އެހެންކަމުން އެޓީމަށް ދެމެޗް ކުޅެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ...

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...

ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ ބުރާސްފަތި ...