ޒެފިޔާއާއި ލޮތާރި ކުރިމަތިލުން އެއްވަރުވެ ގްރޫޕް ބީގެ ފޯރި އިތުރަށް ގަދަވެއްޖެ

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގައި މީދޫ ކްލަބް ލޮތާރިއާއި ހިތަދޫ ޒެފިޔާ ބައްދަލުކުރި މެޗް އެއްވަރުވެ ގްރޫޕް ބީގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް ނިމުނީ 0 – 0 ން އެއްވަރުވެގެންނެވެ. މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުގެ ކުޅުންތެރީންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިއެވެ.

ލޮތާރިއާއި ޒެފިޔާ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިއާ- ޒެފިޔާގެ މުހައްމަދު ތިލްމީޒު

މިމެޗް އެއްވަރުވެގެން ނިމުމުން މި ގްރޫޕްގެ ޓީމްތަކަށް ޕޮއިންޓް ލިބިފައިވާގޮތައް ބަލާއިރު 3 މެޗު ކުޅެގެން 3 މެޗުން މޮޅުވެ ހުޅުދޫ އެފްސީއަށް 9 ޕޮއިންޓް ލިބިފައިވާއިރު ހިތަދޫ އެފްސީ ޒެފިޔާއާއި  މީދޫ ކްލަބް ލޮތާރިއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ކްލަބް ލޮތާރިއަށް 4 ޕޮއިންޓް ލިބިފައިވަނީ 2 މެޗު ކުޅެންނެވެ. އެފްސީ ޒެފިޔާއަށް 4 ޕޮއިންޓް ލިބިފައިވަނީ 3 މެޗް ކުޅެގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ދެކުނު އެފްސީއާއި ވައިކިންގު ދެމެޗު ކުޅެފައިވާއިރު ދެޓީމުވެސް ދެމެޗުން ދެރަވެފައިވާތީ ދެޓީމުންކުރެ ޓީމަކަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

 ރޭ ލޮތާރިއާއި ޒެފިޔާ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާގެ މުހައްމަދު ތިލްމީޒެވެ.

މިމުބާރާތުގެ މެޗްތައް ރޭވިފައިވާގޮތުން ކޮންމެ ގްރޫޕަކުން 1 ވަނައަށް ހޮވޭޓީމް ސެމީފައިނަލަށް ހޮވޭއިރު ކޮންމެ ގްރޫޕަކުން 2 ވަނައާއި  ތިންވަނައަށް ހޮވޭ ޓީމް ހޮވޭނީ ކުއާޓާފައިނަލަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާގެ ސޮއި ހޯދަން ބޭނުންވާނަމަ އެކަން އޯގަސްޓް 8 ގެކުރީން ނިންމުމަށް ޕީއެސޖީންވަނީ ބާސާއަށް އަންގައިފި

އޯގަސްޓް 8 ގެކުރީން ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާގެ ސޮއި ބާސާއަށް މަޖުބޫރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ...

ޕެނަލްޓީގައި ޒެފިޔާ ބަލިކޮށް ސަންއޮފްލޮންސް ސެމީ އަށް

ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 2-0 އިން ...

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ...