ގައުމިއަންސް އާއި ޖަންތާ ގަރާޖުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގައި މީދޫ ގައުމިއަންސްއާއި  ޖަންތާ ގަރާޖު ބައްދަލުކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމިއަންސް އާއި ޖަންތާ ގަރާޖު ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ : ހަސަން ލައުހު

ރޭ  ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 0 – 0 ން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަންތާ ގަރާޖުގެ ހަސަން ލައުހުއެވެ.  އޭނާ ވަނީ ޖަންތާ ގަރާޖު މީގެ ކުރީން ކުޅުނުމެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މިމުބާރާތުގައި ޖަންތާ ގަރާޖާއި  ގައުމިއަންސް 3 މެޗް ކުޅެފައިވާއިރު ޖަންތާ ގަރާޖަށް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ގައުމިއަންސްއަށް 3 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. މިދެޓީމް ހިމެނޭ އޭ ގްރޫޕުން 2 މެޗުން 6 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ މައިލޯ ސިޓީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް ފުޓްސަލް މުބާރާތް: ބްރޫޕްބީން ސެމީއަށް ގައުމު ، ކްއާޓާފައިނަލަށް ތައްލިއާއި އޭޓީ

މިނިވަންކަޕް  ފުޓްސަލް މުބާރާތް 2019  ގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ގައުމު އެފްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. ...

ސަތޭކަ ޕަސެޓް ޔަގީންކަމާއެކީ ފެނަކަ ބަލިކޮށް ފައިނަލަށް ދެވޭނެ- އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް

މިއަދުގެ މެޗް ސަތޭކަ ޕަސެޓް ޔަގީންކަމާއެކު ކާމިޔާބުކޮށް ފައިނަލަށް ދެވޭނެކަމަށް އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް ބުނެފިއެވެ. މުހައްމަދު ...

މަރަދޫފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވޭ ވޮލީމެޗެއް މިއަދު ހަވީރު އޮންނާނެ

އަޟްހާއީދާއި ގުޅުވައިގެން މީދޫ ޓީމަކާއި މަރަދޫފޭދޫ ޓީމަކާއި ދެމެދުކުޅެވޭ  އެކުވެރިކަމުގެ ވޮލީ މެޗެއް މިއަދު އޮންނާނެއެވެ. މީދޫ އިޖްތިމާއީ ...