އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ- ފައްޔާޒު

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ  ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އިއްޔެ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

 އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ވިދާވީ އެ ޕާޓީން މެމްބަރުންތަކެއް ވަކިވިޔަސް ރިޔާސީ އިންތިޚާބަށް އޭގެ އަސަރެއް އެމްޑީޕީއަށް ނުކުރާނެ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް އެންމެ ބޮޑީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިޙަށް ކަމަށާއި އެމަނިކުފާނަށް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި މިހާރު ހިސާބުތައް ޖަހަނީ ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުންގެ ވޯޓް އެމްޑީޕީއަށް ނުލިބޭނެކަމަށް ބަލައިގެންކަމަށެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ...

ގައުމު ސްޓްރީޓް ކަޕް – ކަޅަބެންޗާ އާއި އުސްގަޑަ ބައްދަލުކުރިމެޗް އުސްގަޑަ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ހިތަދޫ އުސްގަޑަ ...

ޗެމްޕިއަންސް ލީގު: ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކްއާޓާފައިނަލުން ޖާގަ ހޯދައިފި

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ...