ކުޑަކުދިންގެ ހަވީރާއެކު އުފާވެރި ވަގުތުކޮޅެއް

މިދިޔަ ހޮނިހިރުދުވަހަކީ ހުޅުދޫގައި ކުޑަކުދިންނަށް  ހާއްސަ ދުވަހެކެވެ. އެ ދުވަހު އެރަށުގައި މީގެ ކުރިން ފާހަގަނުކުރާ ވަރުގެ ބޮޑުކޮށް މިއަހަރުގެ  ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް އައްޑޫސިޓީ ކައުންސިލުގެ އެހީއާއިއެކު ވަނީ ބޭއްވިފައެވެ.

މި ހާއްސަ ކުޑަކުދިންގެ ހަވީރުގައި ހުޅުދޫއާއި މީދޫގައި  ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އެރަށުގެ ސްކޫލްތަކުން ބައިވެރިވެ، ކުޑަކުދިންނާ ގުޅޭ މަޖާ ތަފާތު ގޭމް ކުޅެވޭނެހެން ސްޓޯލްތައް ތައްޔާރުކޮށް، ކުދިންނަށް އިނާމުދިނެވެ.

ޕޮލިސް ދަނޑުގައި ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު މި ހަވީރުގައި ކައުންސިލުން ކުޑަކުދީންނާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ  ކޭކެއް ފަޅާފައި ވެއެވެ. މިކޭކު ފެޅުމުގައި މިހަވީރުގައި ބައިވެރި ދަރިވަރުންގެ ތެރެއިން ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ކުޑަކުދިންގެ ހަވީރު އިންތިޒާމްކޮށް ބޭއްވުމަށް އައްޑޫސިޓީ ކައުންސިލުން ތިރީހާސްރުފިޔާގެ ހުޅުދޫ އަވަށު އޮފީހާއި ހަވާލްކޮށްފައިވާއިރު މިހަވީރު ކާމިޔާބުކަމާއެކު ބޭއްވިފައިވަނީ މިހަވީރުގައި ބައިވެރިވި ސްކޫލްތަކާއި މުވައްސަސާތަކުން ކުރިއަށް ގެންދިޔަ ފުރިހަމަ ހަރަކާތްތަކުގެ ސަބަބުންނެވެ.   

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެ: އުރީދޫ

އުރީދޫގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ ނޫސްވެރިންނާއި ބައްދަލު ...

އެމްޑީޕީ ގައުމީ މަޖިލިސްގެ ހުޅުދޫ ދާއިރާގެ ރައީސްކަމަށް ސާމިއު ހޮވަމާ ހިނގާށެވެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މާދަމާ ބޭއްވޭ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ހުޅުދޫދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ސާމިއު ...

ކަރަންޓުގެ އަގުހެޔޮކުރުމަށް ޑީސެލް އިން ޑިއުޓީކަނޑާލަން މުސްޠަފާ އިސްލާހެއް ހުށަހަޅުއްވައިފި

މަސްވެރިންނަށް އަގުހެކޮށް ޑީސެލް ފޯރުކޮށްދިނުމަށާ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ...