600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެ: އުރީދޫ

އުރީދޫގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ

ނޫސްވެރިންނާއި ބައްދަލު ކުރައްވައި، އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ޕޯސްޓްޕެއިޑްގެ ޕްލޭންތަކުގެ 600 އިން މަތީގެ ހުރިހާ ޕެކޭޖްތައް ބޭނުން ކުރާ ފަރާތްތަކަށް، ދެން އަންނަ މަހަށް ބާކީ ހުރި ޑޭޓާ ގެންދެވޭނެ ކަމަށެވެ.

އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު 

“އަޅުގަނޑުމެން ބެލި ބެލުމުން 600 އަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ،” ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، އަނެއް މަހަށް ޑޭޓާ ގެންދެވޭ ގޮތަށް އަދި ހަމަޖެހިފައި އޮތީ މޯބައިލް ޑާޓާ ބޭނުން ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. ފައިބާގެ ޑޭޓާ އަދި ފިކްސްޑް ބްރޯޑްބޭންޑް ޑޭޓާ އަށް އަދި މިހިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ.

“ފައިބާގެ ޑޭޓާއެއް، އަދި އަޅުގަނޑުމެންނަކަށް އެ ލެވެލްއަކަށް ދާން ނުވިސްނަން، ފިކްސްޑް ބްރޯޑްބޭންޑް ޑޭޓާ އަކީ ޝެއާޑް، ޑޭޓާ، ގޭގެ އެންމެން ބޭނުން ކުރާ ޑޭޓާއެއް ވީމަ އަޅުގަނޑުމެން މިހާރު ބެލި ބެލުމަކަށް ނުހުރޭ ގެންދާނެ އެއްޗެއް، ބާކީ ހުރި އެއްޗެހި ގެންދެވޭނީ، އެއްޗެއް ހުރެގެންތާ” ނިޔާޒު ވިދާޅުވިއެވެ

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ...

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ...