މޫސުން ގޯސްވެ އައްޑޫ އަށް ޔެލޯ އެލާޓް

މޫސުން ގޯސް ވުމުގެ ސަބަބުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 17:30 އިން ރޭގަނޑު 20:30 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ މީގެ ކުރީން  މިއަދު 16:30 އިން 22:30 އަށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ހެދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫސިޓީ ހުޅުމީދޫއަށްކަމަށް މެޓް އޮފީހުން މިއަދުވަނީ ހާމަކޮށްފައެވެ. ހުޅުމީދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ތަކެއް ލިބިފައިވާއިރު އަތޮޅުމަދަރުސާގައިވެސް ފެން ބޮޑުވެ ކްލާސްރޫމްތަކަށް ފެންވަދެ ގެއްލުން ތަކެއްވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުމަދަރުސާގެ ގޯތިތެރޭގައި ހެދިފައިވާ ފެންގަޑު އިއްޔެއިން ފެށިގެން ޕަމްޕުޖަހައިގެން ހިއްކުމުގެ  މަސައްކަތް ކުރަމުންދާއިރު އަދިވެސް އެފެން ގަޑު އެއްކޮށް ހުސްނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވިއްސާރަވެ ހުޅުމީދޫގެ އެކިސަރަހައްދުތަކުގައި  ފެންބޮޑުވުމާއިގުޅިގެން ކައުންސިލް އިދާރާގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ފެންގަޑުތައް މޫދަށް ފޮނުވާލުމަށް މިހާރުވަނީ ކޯރު ކޮނެފައެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނަށް  މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ...

އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ...

ވިޔަރެއާލް ބަލިކޮށް ޗެލްސީން ޔުއޭފާ ސުޕަ ކަޕް ތަށި ކާމިޔާބުކޮށްފި

ސްޕެއިނުގެ ވިޔަރެއާލް ބަލިކޮށް  ޗެލްސީން ޔުއޭފާ ސުޕަ ކަޕް ތަށި ކާމިޔާބުކޮށްފިއެވެ. ޗެލްސީން ސްޕަކަޕް ކާމިޔާބުކޮށްފައިމިވަނީ ރޭ ނޮދަން ...