ސްޕެއިނުގެ ވިޔަރެއާލް ބަލިކޮށް ޗެލްސީން ޔުއޭފާ ސުޕަ ކަޕް ތަށި ކާމިޔާބުކޮށްފިއެވެ.
ޗެލްސީން ސްޕަކަޕް ކާމިޔާބުކޮށްފައިމިވަނީ ރޭ ނޮދަން އަޔަލެންޑް ބެލްފާސްޓް،ގައި ކުޅެވުނު ސްޕަކަޕްމެޗްގައި ސްޕެއިންގެ ވިލަރިޔާލް ބަލިކުރުމަށްފަހުގައެވެ.
ރޭ ކުޅެވުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން ޗެލްސީ މިމެޗް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅެވުނު މިމެޗުގައި ފުރތަމަ ލަނޑުޖަހާ ލީޑު ނެގީ ޗެލްސީންނެވެ. އެއީ މެޗުގެ 27 ވަނަ މިނިޓްގައި ކައި ހަވާޓްޒް ހުސްކޮށްލާފައި ދިން ބޯޅައަކުން މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑަށް ފަހުވެސް ޗެލްސީއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބި ބޭނުން ނުކުރެވިވަނީ ގޮސްފައެވެ.
މިމެޗްގެ ދެވަނަ ހާފްގައި ވިލަރިޔާލުގެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުކޮށް ފުލުފުލުގައި އެޓީމުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކުރަމުންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނިޓްގަ ޗެލްސީގެ އޭރިއާތެރެއިން ވިލަރެއާލްގެ ޑިއާ ހުސްކޮށްލާފައި މޮރޭނޯ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗްގެފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގައި ޗެލްސީގެ ޕުލިސިޗް އަށާ މޭސަން މައުންޓް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިވަނީ ގޮސްފައެވެ
. އިތުރު ވަގުތުގެ ދެހާފް ނިމުނު އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީޖެހުނެވެ.
ޕެނަލްޓީ ޖެހުމުގައި ޗެލްސީގެ ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ނޫން ދެން ޖެހި ހަ ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކޮށްފަ އެވެ. ހަވާޓްޒް ޖެހި ޕެނަލްޓީ ވިލަރިޔާލްގެ ކީޕަރު އަސެންހޯ ވަނީ ދިފާއުކޮށްފަ އެވެ. ޗެލްސީން ޕެނަލްޓީތައް ކާމިޔާބުކުރީ ސެޒާ އަޒްޕިލިކުއޭޓާ، އަލޮންސޯ، މައުންޓް، ޕުލިސިޗް، އެންޓޯނިއޯ ރުޑިގާ އަދި ޖޯޖީނިއޯ އެވެ.
ވިޔަރެއާލުން ފުރަތަމަ ޖެހި ޕެނަލްޓީ މޮރޭނޯ ކާމިޔާބުކުރި އެވެ. އެކަމަކު، ދެން އައިސާ މަންޑީ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު ވިޔަރެއާލުން ދެން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެ ޕެނަލްޓީތައް ޖެހީ ޕާވިސް އެސްޓޫޕިއާން، ހުއާން ފޮއިތު، މޮއި ގޯމޭޒް އަދި ޑެނިއަލް ރާބާ އެވެ.
ވިޔަރެއާލްގެ ހަތް ވަނަ ޕެނަލްޓީގައި އެ ޓީމުގެ ކެޕްޓަން ރައުލް އަލްބިއޯލް ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ވިލަރިޔާސް ބަލިކޮށް ޗެލްސީން ސްޕަކަޕްގެ ކާމިޔާބުކުރިއިރު ޗެލްސީން ވަނީ 1998 ވަނަ އަހަރުވެސް ސްޕަކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އެޓީމު ކުޅުނު ތިން ސްޕަކަޕްގައިވެސް އެޓީމުވަނީ ބަލިވެފައެވެ



ކޮމެންޓްސް (0)