އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވަނީ “އައްޑޫ ވޮއިސް” ނަމުގައި ކްލަބު ހައުސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުންނެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ، އައްޑޫގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކައުންސިލުން އަދި ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ސީދާ ރައީސް އާ ބައްދަލުވުމުން އެކަން ހުށަހަޅުއްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ބުރިޖުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރު ކުރުމުގެ ހޭދަތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ސިޓީ ކައުންސިލުން ހުށަހަޅުއްވާނެ ކަމަށް ވެސް “އައްޑޫ ވޮއިސް” ނަމުގައި ކްލަބު ހައުސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުން ނިޒާރުވަނީ ވިދާޅުފައެވެ.

ނިޒާރު އިތުރަށް ވިދާޅުވީ މިބުރިޖުގެ މުޅި މަޝްރޫއު 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނުވާނެ ލަފާކުރެވޭކަމަށެވެ

އައްޑޫ ސިޓީގައި ބްރިޖެއް އެޅުމަކީ ނިޒާރުގެ އިންތިހާބީ ވައުދެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ...

ކޮވިޑް- 19 މި ހަފްތާގައި 5 މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން މި ހަފްތާތެރޭގައި ފަސްވަނަ  މީހަކު މަރުވެއްޖެއެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ މިއަދެވެ އެޗްޕީއޭ ...

އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ފެށުމަށް 4 މިލިއަން ރުފިޔާ

އިންޑިއާއިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ފެށުމަށްޓަކައި އެޑްވާންސްގެ ގޮތުގައި 4 މިލިއަން ...