ގޮޑު ދޮށަށް ކުނި ނޭޅުމަށް އިލްތިމާސެއް

މީދޫ ގޮޑުދޮށަށް ކުނި ނޭޅުމަށް ނަލަފެހިން އިލްތިމާސް ކޮށްފިއެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ” ނަލަފެހި ” މިގޮތައް އިލްތިމާސްކޮށްފައި މިވަނީ މަސްކެޑުމަށްފަހު ކަރުގޮހޮރާއި ކުނިވާޒާތުގެ ބައެއް ތަކެތި، މިހާރަކަށް އައިސް ” މީދޫ ބުރިކެޑެ މަގި ” ސަރަހައްދުގެ ގޮޑުދޮށަށް އަޅަމުންދާތީ އެކަން ފާހަގަކުރެވިގެންނެވެ.

ނަލަފެހިން ހާމަކޮށްފައިވާގޮތުގައި މިކަމަކީ ކައުންސިލުން ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިގޮތަށް އެއްވެސް ބާވަތެއްގެ ކުންޏެއް ގޮޑު ދޮށަށް  އެޅުމަކީ ސާފުތާހިރުކަން ގެއްލި، ގޮޑުދޮށް ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތުވަމުންދާ ކަމެއްގެ ގޮތުގައި ނަލަފެހިން ވަނީ ފާހަގަކުރައްވާފަވެއެވެ.

އެހެންކަމުން ގޮޑުދޮށުގެ ސާފްތާހިރުކަން ގެއްލޭގޮތައް  އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ގޮޑުދޮށުގެ  ނޭޅުމަށް ނަލަފެހިން ވަނީ އެދިފައެވެ.

ގިނަ ބަޔަކު ގުޅިގެން މީދޫގެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމް ދޭތެރެ ދޭތެރެއިން ނަލަފެހިން ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.  

ކުނި އުކާލާ ފަރާތްތަކުން އެމީހުންގެ ފަރުދީ ޒިންމާ އަދާނުކުރުމަކީ ގިނަ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލަށް ތާއީދު ކުރި ބޭރު ޓީޗަރު ހަނިމާދޫން ފުރުވާލައިފި

މުޅި ހަނިމާދޫ ސްކޫލް ފަލަސްޠީނާ އެކުކަން ހާމަކުރިތާ 24 ގައިޑިއިރު ނުވަނީސް އެ ސްކޫލްގެ އިސް މަގާމެއްގައި ހުރި ...

އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...

ކޮވިޑް 19 : ޒަރޫރީ ބޭނުމެއް ޖެހިގެން ގުޅުމުން އެކަން ކަމަށް އެހީތެރިކަން ފޯރުކޮށްދޭނަން- މުލިމަތި ޖަމްއިއްޔާ

ކޮވިޑް 19 ގެ ވައިރަސް މީދޫގައި ފެތުރި އެތައްބަޔަކު މިބައްޔަށް ޕޮޒިޓިވްވެ އެތައްބަޔަކު ހޯމް ކަރަންޓީންކޮށްފައިވުމުގެ ސަބަބުން ކޮވިޑްގެ ...