ކޮވިޑް 19 : ޒަރޫރީ ބޭނުމެއް ޖެހިގެން ގުޅުމުން އެކަން ކަމަށް އެހީތެރިކަން ފޯރުކޮށްދޭނަން- މުލިމަތި ޖަމްއިއްޔާ

advertisement

ކޮވިޑް 19 ގެ ވައިރަސް މީދޫގައި ފެތުރި އެތައްބަޔަކު މިބައްޔަށް ޕޮޒިޓިވްވެ އެތައްބަޔަކު ހޯމް ކަރަންޓީންކޮށްފައިވުމުގެ ސަބަބުން ކޮވިޑްގެ މިއުދަގޫ ދުވަސްވަރު މީދޫގައި ކަރަންޓީނުކޮށްފައިވާ ގޭގައި ދިރިއުޅޭ ބޭފުޅުން އެއްވެސްކަހަލަ އެހީތެރިކަމެއް ބޭނުންވާނަމަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުލިމަތި ޖަމްއިއްޔާއިން ހަމަޖައްސަވައިފިއެވެ.

މުލިމަތި ޖަމްއިއްޔާގެ ފޭސްބުކް ޕޭޖްގައި އެޖަމްއިއްޔާއިން ހާމަކޮށްފައިވާގޮތުގައި ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ ގޭގައި ދިރިއުޅެމުންދާ ފަރާތްތަކުން އެއްވެސް ކަހަލަ ޑެލިވަރީއެއް ނުވަތަ އެއްވެސް ކަހަލަ ޒަރޫރީ ބޭނުންތަކެއް ދިމާވެގެން އެކަމަކަށް އެދި ގުޅުއްވުމުން މުލިމަތި ޖަމްއިއްޔާއިން އެކަންތައްތައް އެފަރާތްތަކަށް ކޮށްދޭނެކަމަށް ބުނެފައިވެއެވެ.  

މިގޮތުން ކަރަންޓީނުކޮށްފައިވާ ގެތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުން   މުލިމަތި ޖަމްއިއްޔާގެ ފޯންނަމްބަރު 7795698 ނުވަތަ 9132132 އަށް ގުޅުއްވައި އެދިވަޑައިގަންނަވާ އެހީތެރިކަމުގެ ވާހަކަ އެންގެވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.  

އަދި މީގެ އިތުރަށް ކޮވިޑް 19 ގެ މިބަލިން އަޅުގަޑުމެންގެ މުޖުތައު ސަލާމަތްކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރަމުން ގެންދެވުމަށްވެސް މުލިމަތި ޖަމްއިއްޔާގެ ފޭސްބުކް ޕޭޖްގައި އިއުތިމާސްކޮށްފައިވެއެވެ.

އިއްޔެ ޕޮޒިޓިވްވި ދިހަ މީހުންނާއި އެކު ޖުމްލަ 60 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން 70 ވަރަކަށްގެ ވަނީ ކަރަންޓީނުކޮށްފައެވެ.

ހުޅުދޫއާއި މީދޫ ގައި ހަލުއި ކަމާއެކު ކޮވިޑް 19 ގެ ވައިރަސް  ފެތުރެމުންދާތި އިއްޔެ ( 13 މެއި 2021 ) އިން ފެށިގެން އެއް ހަފުތާގެ މުއްދަތައް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް ހާލަތު ގޯސްވާތީ ހަރަކާތްތައް ލަސްކުރަން އިލްތިމާސްކޮށްފި

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން ...

ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ...

ޖުލައި 9 ގެ ފަހުން ދުވާފަރަށް ދަތުރުކުރި ނުވަތަ ދުވާފަރުން މީދޫއަށް ދަތުރުކުރި މީހުން އެނގުމަށް އެދިއްޖެ

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖުލައި 9 ...