“ކޮރަލް ފެސްޓިވަލް 2023” މިމަހު 28 ން 30އަށް އައްޑޫ ސިޓީގައި

“ކޮރަލް ފެސްޓިވަލް 2023” އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ބާއްވަން ނިންމައިފިއެވެ. މިއީ ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް ( އެމްސީއައި) ން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.

މި މަހުގެ 28 ން 30 އަށް ބާއްވާ މި ފެސްޓިވަލްގެ މަޤްޞަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންކަން އަންގައިދިނުމަށް ކަމަށް އެމްސީއައި އިން ބުންޏެވެ. މި ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާ ގުޅުންހުރި ރާއްޖެގެ އަމިއްލަ ޖަމްޢިއްޔާތައް ބައިވެރިވާނެއެވެ. އަދި ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ހިތަދޫގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ކެމްޕަހުގައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެސްޓިވަލުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރިކުރެވޭނެ ގޮތާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްސީއޭއިން ބުންޏެވެ. އަދި ކޮރަލް ފެސްޓިވަލް 2023 ގައި މިއުޒިކާއި ޘަޤާފަތާއި، ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް، ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓޯލްތައް ވެސް ހުންނާނެކަމަށް އެމްސީއޭ އިން ބުންޏެވެ.

ކޮރަލް ފެސްޓިވަލް 2023 އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްސީއައިގެ ވައިސް ޗެއަރޕާސަން އާޔާ ނަސީމް ވިދާޅުވީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ ހަޤީގަތް ރަނގަޅަށް ދެނެގަނެވިގެން ނޫނީ، ރާއްޖޭގެ މުރަކައިގެ ބަގީޗާ ރައްކާތެރި ކުރެވެން ނެތް ކަމަށެވެ.

“ކޮރަލް ފެސްޓިވަލް 2023” ގެ ފުރަތަމަ 2 ދުވަހު ހިތަދޫ އެމްއެންޔޫ ކެމްޕަހުގައި ބޭއްވުމަށް ނިންމާފައިވާއިރު، ފެސްޓިވަލްގެ 3 ވަނަ ދުވަހު އައްޑޫ ޔުނެސްކޯގެ ނޭޗަރ ޕާކްއަށް ސްނޯކްލިންގް ދިއުމާއި ހުޅުމީދޫ ނޭޗަރ ޕާކް ސަރަޙައްދަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްސީއައި އިން ބުނެއެވެ.

މި ފެސްޓިވަލުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލުހޯދުމަށް އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާކަމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

އެންމެފަހުން ކޮރަލް ފެސްޓިވަލް ބާއްވާފައިވަނީ 2020 އަހަރު މާލެ އަތޮޅު ތުލުސްދޫގައެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މީދޫ ސައިގޭ ގޯތި ތެރޭގައި އަލަށް އިމާރާތްކުރަމުންދާ ބައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި 32 އަހަރުގެ ...

ފަހު 10ގައި ވަޒީފާއަށް ނުކުންނަ ޖެހޭ މުވައްޒަފުންނަށް އެލަވަންސެއް ދެނީ

ރޯދަމަހުގެ ފަހު ދިހައިގައި ކޮންމެހެން ވެސް ވަޒީފާއަށް ނުކުންނަޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ރައީސް ޑރ. ...

ސައިބަރ ސެކިޔުރިޓީ ޚިދުމަތްތަކަށް ބުރޫ އަރައި ގިނަ ސިނާޢަތްތަކަށް ހުއްޓުންއަރައިފި

އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް މައްސަލަތަކެއް ކުރިމަތިވެ, ގިނަ ސިނާޢަތްތަކެއްގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. ދުނިޔޭގެ އެކި ...