އުރީދޫ އިން ދިވެހި ވަންތަ ސްނެޕް ފިލްޓާއަކާއި ލެންސެއް ތައާރަފު ކޮށްފި

advertisement

އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރަފުކޮށްފިއެވެ.

ފިލްޓަ އާއި ލެންސް ތައާރަފުކޮށްފައިވަނީ އުރީދޫގެ މައި އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫއިން ސްނެޕްޗެޓާ ގުޅިގެން ރާއްޖޭގެ ރީތިކަން އިސްތިހާރުކުރަނީ

އަލަށް ތައާރަފު ކުރި ފިލްޓާ އާއި ލެންސަކީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމާ ގުޅުވައިގެން ތައާރަފު ކުރި ތަކެއްޗެވެ. އެގޮތުން، ފިލްޓާ ގައި މޫދާއި ރުއް ފަދަ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ފެންނައިރު އާ ލެންސުގައި ސަގާފީ ހެދުންތައް ފެންނާނެއެވެ.

އާ ފިލްޓާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސްލޯގަން ”ސަނީ ސައިޑް އޮފް ލައިފް” ފެންނާނެއެވެ.

އުރީދޫ އިން އެ ފިލްޓާ އާއި ލެންސް ތައާރަފު ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލާ ގުޅުވައިގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިންދޫ ދީން ފަތުރަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި

ހިންދޫ ދީން ފެތުރުމަށް ރާއްޖޭގައި ކުލާސްތަކެއް ނަގަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި އެވެ މާލޭގެ ހޮޓަލެއްގައި “ސްޕިރިޗުއަލް ހީލާ”އެއްގެ ...

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. “ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ ...