އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫގައި ފެށުމަށް މަސައްކަތްކުރާ “ވޯލްޑް ސްޕޯޓްސް ސިޓީ – މަންޓާ ސާފް ވިލެޖް”އަކީ ކުޅިވަރާއި މުނިފޫހިފިލުވުމާއެކު ރާއްޖޭގެ ސަގާފަތް ދައްކައިދޭނެ ބިޔަ ޕްރޮޖެކްޓެކެވެ.

ވޯލްޑް ސްޕޯޓްސް ސިޓީ މަޝްރޫއަކީ ރާއްޖެއިން ބޭރުގެ ގިނަ ޕާޓްނަރުންތަކެއް ގުޅިގެން ހިންގާ މަޝްރޫއެކެވެ. 10 މިލިއަން ސޮކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކުރާ މިތަނުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ވޯލްޑް ސްޕޯޓްސް ސިޓީ މަޝްރޫޢުގެ ދަށުން އައްޑޫގައި ތަރައްޤީކުރާނީ މަންޓާ ސާފް ވިލެޖެވެ. ވޯލްޑް ސްޕޯޓްސް ސިޓީ މަޝްރޫޢު ހިންގާ ޕާޓްނަރުންނާއެކު އައްޑޫ ސިޓީ ކައުންސިލުން މިހާރު ދަނީ މިކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން މިހާރު މި ތަން ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެމްއޯޔޫއެއް ޤާއިމްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިއީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހިންގާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިތަން ތަރައްޤީވެގެން އަންނާނީ ރާޅާއެޅުމާއި އަދި އެނޫންވެސް މޫދު ކުޅިވަރާއެކުގައިކަމަށް ނިޒާރު ވިދާޅުވިއެވެ.

މިތަނުގައި އެންމެ ޙާއްސަ ކަމެއްގެ ގޮތުގައި ތަރައްޤީކުރާނީ ރާޅާއަޅާ ހަބެކެވެ. އެތަނުގައި އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާޅު އުފައްދައިގެން ރާޅާއެޅޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. މީގެއިތުރުން މިތަނުގައި ބަޔޮސްފިއާރ ރިޒާވަކާއި ސްޕޯޓްސް އެކަޑެމީއަކާއި ލަގްޒަރީ ހޮޓާތަކާއި މުނިފޫހިފިލުވުމާއި ސަގާފަތާއި އާދަކާދަ ދައްކައިދޭ ކަންކަން ހިމެނޭނެއެވެ.

މަންޓާ ސާފް ވިލެޖް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ހިންގާ ސަންގްރިއްލާ ރިސޯޓްގެ އިރުންނެވެ. މިތަން ޑިޒައިންކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އައްޑޫ ކައުންސިލުން އަންދާޒާކުރަނީ މި ބިޔަ ޕްރޮޖެކްޓް 2030 ވަނަ އަހަރަށް ނިމޭނެކަމަށެވެ.

ނިޒާރު ވިދާޅުވީ، އައްޑޫ ކައުންސިލުން އައްޑޫއަށް އިންވެސްޓްމަންޓް ގެންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް މަރުހަބާ ކިޔާނެކަމަށެވެ. އެގޮތުން ތުރުކީގެ ބަޔަކާއިއެކުވެސް މަޝްވަރާކޮށް ހިތަދޫގެ ސަރަހައްދެއްގައި 240 ކޮޓަރީގެ ޓޫރިސްޓް އިންވެސްޓްމަންޓް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި ވާތީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ...

ފެބުރުއަރީ އެކެއް ގައި ހިންގި ކަންކަމަށް މަޢާފުކޮށްދެވޭކަށް ނެތް – ރައީސް ޔާމީން

މިއަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ހިންގި ޤާނޫނާ ޚިލާފު ކަންކަމުގައި ބައިވެރިވި މީހުންނަށް ލޯ މަރާފައި މަޢާފުކޮށްދެވެން ...

އަމުރު ނެރެން 80 މިލިއަން ރުފިޔާ އަދީބު ހުށައެޅި

ސުޕްރީމު ކޯޓުން އެކެއް ފެބްރުއަރީގައި އަމުރު ނެރެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 80 މިލިއަން ރުފިޔާ ...