މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި ވާތީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

​އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި އަދި ޖަމާޢަތުގެ ނަމާދު ތަކުގައި ޤުނޫތު ކިޔުުން ރޭ ފަތިސް ނަމާދުން ފެށިގެން މަޑު ޖައްސާލަން އަންގާ ކަމަށެވެ.

އެ ނިންމުން ނިންމީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާތީ އެވެ. އެ މިނިސްޓްރީން ވަނީ ނަމާދުގެ ޖަމާއަތުގައި ގުނޫތު ކިޔުން ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.​

ޢެގޮތުން ​މިސްކިތްތަކުގައި ތިއްބަވާ ވަގުތު ތަކުގައްޔާއި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި މާސްކުއެޅުއްވުމަށާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް  އަށް ﷲ ވަކީލުކޮށް އުޅުމަށް ވެސް ބަޔާނުގައި ނަސޭހަތްތެރިވެފައި ވެއެވެ.

ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ކަމުގައިވިޔަސް، ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣުފާރު ކުރުމަށާއި، މިބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށްވެސް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީންވަނީ ނަޞޭޙަތްތެރިވެފައެވެ.

​ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި އޭގެ ފަހުން މާލޭ ސަރަހައްދުގައި ޖަމާއަތް ފެށީ ގައިދުރުކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ހުޅުދޫ ސްކޫލްގެ އުތުރުންއޮތްމަގު ސާފްކޮށް އެމަގުފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް . މިމަސައްކަތް ...

އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހަވީރު ...

ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ ބުރާސްފަތި ...