އައްޑޫގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގައިފި

ބިދޭސީ މީހެއްގެ ލޮލުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެޕްރިކަން އައި ވޯމް (ލޮއިއޭސިސް) އެއް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ނަގައިފި އެވެ.

އެފްރިކަން އައި ވޯމް އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއަ އިން ލޮލަށް ޖެހޭ އިންފެކްޝަނެކެވެ. 

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ފަނި ނަގާފައި ވަނީ ލޮލުގެ ކޮންޖަކްޓިވާ ވަރަށް ބޮޑަށް ރަތްވެ، ލޮލަށް ތަދުވާތީ ޑޮކްޓަރަކަށް ދައްކަން އައި ބިދޭސީ މީހެއްގެ ލޮލުންނެވެ.

އެމީހާގެ ލޮލުން ފަނި ނެގުމަށްފަހު ދޭން ޖެހޭ އިތުރު ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ. 

މިއީ މިގޮތަށް މިފަދަ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ހޮސްޕިޓަލުން ފާހަގަ ކޮށްފައި ވެއެވެ. 

އެފްރިކަން އައި ވޯމް އެފްރިކަން އައި ވޯމް ޖެހޭ ފަނި އާންމު ގޮތެއްގައި ފެންނަނީ އެފްރިކާގެ ގައުމުތަކުންނެވެ. ބަލި ޖެހެނީ ޖަންގަލިތަކުގައި އާންމުކޮށް އުޅޭ ޑިއާ ފްލައި ކިޔާ ސުއިއްޕެއް ދަތް އެޅުމުގެ ސަބަބުންނެވެ. މިއީ މަދިރި ފާޑުގެ ސުއިއްޕެކެވެ. ޑިއާ ފްލައި އިންފެކްޓް ވަނީ ބަލި ޖެހިފައިވާ މީހުންގެ ގައިން ލޭ ބުއިމުގެ ސަބަބުންނެވެ.

ޑިއާ ފްލައި އެކްޓިވް ވަނީ އާންމުކޮށް ވިއްސާރަ މޫސުމާއި ދުވާލުގެ ވަގުތުތަކުގަ އެވެ. ލޮލަށް ޖެހޭ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ އިތުރުން މުޅި ހަށިގަނޑު ހިރުވުމާއި، ގައިގަޔާއި ހުޅުތަކުގައި ރިއްސައި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަން ހިނެ އެވެ. އެފްރިކާ ހިސާބު ނޫން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިއީ ވަރަށް ނުފެންނަ ބައްޔެއް ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވެ އެވެ.

މަސްދަރު:މިނޫސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ. ޤާާނޫނީ ވަކީލު އަޙްމަދު ޝާން އާއި ...

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫސިޓީގައި އިމާރާތްކުރަނީ  

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫގައި  އިމާރާތްކުރުމަށް  ނިންމައިފިއެވެ އަތޮޅުތެރޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ  އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ...

ހޯޑެއްދޫ ޑްރަގް އޮޕަރޭޝަން: ޖުމްލަ 82 ކިލޯ ޑްރަގް ހޯދައިފި

ފުލުހުން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ. އެކަން ހާމަކުރެއްވީ ...