ހޯޑެއްދޫ ޑްރަގް އޮޕަރޭޝަން: ޖުމްލަ 82 ކިލޯ ޑްރަގް ހޯދައިފި

ފުލުހުން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

އެކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައެވެ.

ސީޕީ ވިދާޅުވީ އަލަށް ހޯދި 69 ކިލޯގެ މަސްތުވާތަކެތި ހޯދީ ހޯޑެއްދުއާއި އެ ސަރަހައްދުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ކަމަށެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިންއާއި މެތުކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ފުރަތަމަ މަސްތުވާތަކެތި ހޯދީ މިދިޔަ މަހުގެ 27 ގައެވެ. އެއީ ހޯޑެއްދޫގައި ވަލުތެރޭގައި ވަޅުލާފައި ހުއްޓައެވެ. އެ ތަކެތީގެ ބަރުދަނުގައި ހުރީ 13 ކިލޯއެވެ.

މި އޮޕަރޭޝަނުގައި ހޯޑެއްދޫން ތިން މީހަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. އޭގެތެރެއިން އެކަކު ހައްޔަރުކޮށްގެން ގެންދިޔަ މަގުމަތީގައި ވަނީ ނިޔާވެފައެވެ.

އަނެއް ދެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވުމުން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަގަށް ޖަލަށް ވަންނަން އުޅުމުން ހަތަރު މަހަށް ޖަލަށް، ބައި ލައްކައިން ޖޫރިމަނާ

މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު މީހަކު ޖަލަށްލައި އަދި ދެވަނަ މީހާ 53،000ރ. އިން ޖޫރިމަނާ ކުރަން ...

ނިޒާމީ ވޯޓަކީ ނަޝީދު މުއިއްޒުއާއި ދެކޮޅަށް ގެންނަން އުޅޭ ބަޢާވާތެއް

ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އުޅުމަކީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ދެކޮޅަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ...

ވެކްސިން ނުޖަހާ ނަމަ ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މުވައްޒަފުން ކޮންމެ 14 ދުވަހަކުން ...