ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ.

ޤާާނޫނީ ވަކީލު އަޙްމަދު ޝާން އާއި ހަވާލާދީ އޮންލައިން ނޫސް ދިޑެއިލީގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހާތިފް ޙިލްމީއާއި، ފަނޑިޔާރު އަލްއުސްތާޒު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ސުލޫކީ މައްސަލައެއްް ޖޭއެސްސީއަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ވަކީލު ޝާން މީގެ ތިން ދުވަސްކުރިން ވަނީ ‏ހައިކޯޓުގެ B1 ސެކްޝަނުން ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގައިފިކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.

ފަނޑިޔާރު ޝުޢައިބު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވައިފައިވަނީ 2011 ވަނަ އަހަރުގެ މާޗު 26 ވަނަ ދުވަހުއެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ހާތިފް އައްޔަން ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ހާތިފަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޫއްޑޫ އެއާޕޯޓަކީ ވަކި މެންބަރެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އޮތް ތަނަކަށް ވެގެންނުވާނެ: މުހުތާޒް

ގއ.ކޫއްޑޫ މަސްކާރުޚާނާއާއި ކޫއްޑޫ އެއާޕޯޓަކީ ވަކި މެންބަރެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށް ...

އިއްޒުންދީން ފާލަންމަތީ މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެ

ހެނދުނު މާލޭ އިއްޒުންދީ ފާލަން މަތީ މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ...