އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއް ކަމަށާ އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމުކަމަށް ރައްޔިޔުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާނު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރައްވާފައިވާ ޓުވިޓެއްގައެވެ. ނިހާދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މި ދައުރާހަމައަށް މުޅިން ބާކީކޮށްލާފައި އޮތް އައްޑޫސިޓީއަށް އަޅާލެއްވި ވެރިޔަކީ ރައީސް ސޯލިހުކަމަށާ ރައީސް ޞާލިޙްގެ ސަރުކާރުން އަންނަނީ މުޅި އައްޑޫސިޓީ ބަދަލުކޮށްލެއްވުމަށް އެތައް ބިލިޔަން ރުފިޔާއެއް ޚަރަދުކުރައްވަމުންކަމަށް ނިހާދު ވިދާޅުވިއެވެ.
ކޮމެންޓްސް (0)