ރައްޔިތުން ރައީސް ސާލިހާއިއެކު ތިބުން ލާޒިމް: ފެނަކަ ސަޢީދު

ރައީސް ޞާލިޙާއެކު ރައްޔިތުން ތިބުމަކީ ލާޒިމް ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫގެ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ މިއަދަކީ ތަފާތު އިޙުސާސުތަކެއް ކުރެވޭ ދުވަހެއް ކަމަށެވެ. އެގޮތުން މީގެ ކުރިން 2009 ވަނަ އަހަރު އޭރު އެރަށުގައި ރައްޔިތުން ހިންގި އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ ޙަވާލު ކުރުމަށް އެދުމުން ރައްޔިތުން އެދުވަހު އޭނާ އެރަށުން ބޭލިކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިއަދު ނިލަންދޫ އައު އިންޖީނުގެ ހުޅުވިގެން ދާއިރު މުޅި ރާއްޖޭގައި އެފަދަ އެތައް ބިނާއެއް ހުޅުވުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ ރައްޔިތުން ރައީސް ޞާލިޙާއެކު ތިބުން ލާޒިމްވާ ކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

މިވެރިކަމުގެ ކުރީކޮޅު ކޮންމެ ހުކުރު ދުވަހެއްގައި ރައީސް ގުޅުއްވާ ކަމަށާއި ސަބަބަކީ ބައެއް ރަށްތަކުން ކަރަންޓު ކެނޑިގެން އެކަން ޙައްލުކުރުމަށް ކުރާ މަސައްކަތް ބެއްލެވުމަށް ކަމަށް ސަޢީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެގޮތަށް ރަށަކުން ކަރަންޓު ނުކެނޑޭ ވަރަށް ފެނަކައިގެ ޚިދުމަތް ތަރައްޤީ ކޮށްފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

“މިއީ ތެދުވެރި އިހްލާސްތެރިއެއްގެ މަސައްކަތުން މިއަދު މިހާ ހިސާބަށް މި އާދެވުނީ، އެހެންކަމުން ރައްޔިތުން ރައީސް ޞާލިޙާއެކު ތިބުމަކީ ލާޒިމްކަމެއް” ސައީދު ވިދާޅުވިއެވެ.

ސައީދު މިއަދު އިތުރަށް ވިދާޅުވީ މިހާރުވެސް އައު އިންޖީނުގެތައް ރާއްޖޭގެ އެކި ރަށްރަށުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަބަދުވެސް މި ގެންދަނީ މަސައްކަތް ކުރަމުން: ރައީސް

ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މި ގެންދަނީ މަސައްކަތް ކުރަމުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ...

ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި، ބަނގްލާދޭޝް ބައްދަލުކުރި މެޗް އެއްވަރުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް ...

ހުޅުމީދޫ މިފްކޯ ބަނދަރު ބޮޑުބައެއް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. ...