ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި، ބަނގްލާދޭޝް ބައްދަލުކުރި މެޗް އެއްވަރުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް ކަށަވަރު ވެއްޖެއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށްނޭޕާލް ދަތުރު ކުރި ފުރަތަމަ ފަހަރަށް ވާއިރު ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ.

މިމެޗުގެ 09 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ، ޖަމާލް ނަގައިދިން ހުރަހަކުން އެމްޑީ ސުމަން ރެޒާ އެވެ. ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބަންގުލަދޭޝް އިން ގޯލު ކާމިޔާބުކުރީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުންނެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ނޭޕާލްގެ ގައުތަމް ޝްރެސްތާ އޭރިޔާ ތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ އަށް އެ ޓީމުގެ ރޯހިތު ޗާންދު އެރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅާ ދިޔައީ ބޭރަށެވެ. މީގެ އިތުރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ބަންގްލަދޭޝް ލީޑުގައި އޮވެ ކުޅެމުންގޮސް އެޓީމަށް މާޔޫސްކަން ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި މޮޅަށް ކުޅެމުންދިޔަ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރް ރަހުމާނަށް ރެފްރީ ދެއްކި ރަތް ކާޑާއެކު ބަންގުލަދޭޝްގެ ކުޅުންތެރިޔަކު މަދުވުމުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވާންތް ނޭޕާލުގެ އަންޖަން ބިސްތާއަށް ކުރި ފައުލަކާއި ގުޅިގެން ނޭޕާލަށް ޕެނަލްޓީއެއް ލިބުނެވެ. އަންޖަން ބިސްތާ ވަނީ މި ލަނޑު ކާމިޔާބުކޮށް ނޭޕާލް މުބާރާތުގެ ފައިނަލް ޔަގީންކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅުމަދަރުސާ އަދި ޝަރަފުއްދީން ގެ ކުރިމަތިލުން ހަމަމަ ނިމުމެއް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗްތައް މިއަދު ...

ޝަރަފުއްދީން ބަލިކޮށްއިރުޝާދިއްޔާ ޗެމްޕިއަންކަން ހޯދައިފި

ހިތަދޫ ޝަރަފުއްދީން ސްކޫލް ބަލިކޮށް މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ...

ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް މޮރޮކޯއަށް

ފީފާ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލާ ވޯލްޑް ކަޕެއްގެ ސެމީން ޖާގަ ހޯދި ފުރަތަމަ އެފްރިކާގެ ޓީމުގެ ...