ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ރަސްމީކޮށް ކެމްޕޭން ފަށްޓަވައިފިއެވެ.

ރައީސް ސޯލިހް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައިވަނީ ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ރޭ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސްވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ގައުމީ މަޖިލީހުގެ 120 ވަރަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބެނީ 173 މެންބަރުންނެވެ.

ރައީސް ސޯލިހުވެސް ރިޔާސީ ޕްރައިމަރީގައިވާދަކުރައްވާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: 1 ލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ !

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މަތިވެއްޖެއެވެ ދުނިޔެއިން މިހާތަނަށް ...

ޕްލާސްޓިކް މަދު ކުރެވޭނީ އުގޫބާތެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑު ކޮށްގެން: ނަޝީދު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޕްލާސްޓިކް ކޮތަޅަކުން ...

ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބ. އަތޮޅުގައި ...