ކޮވިޑް-19: 1 ލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ !

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މަތިވެއްޖެއެވެ

ދުނިޔެއިން މިހާތަނަށް މިބަލީގައި 102،514 މީހުން މަރުވެފައިވާއިރު އިއްޔެގެ ނިޔަލަށް މިބަލި 1694،943 މީހުންނަށްވަނީ ޖެހިފައެވެ.

އިއްޔެ އެމެރިކާއިން އެކަނިވެސް މިބަލީގައި 1894 މީހުންނަށް ވަރުގިނަ މީހުންމަރުވެފައިވެއެވެ. ދެން އިއްޔެ މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިގިރޭސިވިލާތުންނެވެ. އިގިރޭސި ވިލާތުން އިއްޔެ މިބަލީގައި 980 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިބަލީގައި އެއްލަކައަށްވުރެ ގިނަ މީހުން މަރުވެގެން ގޮސްފައިމިވަނީ  މިބަލި ފެތުރެން ފެށިތާ 100 ދުވަސް ހަމަވި ދުވަހެވެ.

މިބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 18,849 މީހުން މަރުވެފައިވާ އިޓަލީންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 18585 މީހުން މަރުވެފައިވާ އެމެރިކާއިންނެވެ.

މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އިއްޔެ ނިޔަލަށް  500,131 މީހުން މިބައްޔަށްވަނީ ޕޮޒިޓްވެފައެވެ.

2019  ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި  ޗައިނާއިން ފެތުރެން ފެށި  މިބަލި  ދުނިޔޭގެ  210 ޤައުމަކަށާއި، ސަރަޙައްދަށް  މިހާރުވަނީ ފެތުރިފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދޮންދީނީގެ އާބާދީ ދެނެގަތުމަށް އައްޑޫގައި ސާރވޭއެއް ކުރަނީ

އައްޑޫސިޓީގެ ދޮންދީނީގެ އާބާދީ ބެލުމަށް ޚާއްޞަ ސާރވޭއެއް ކުރިއަށް ގެންދިއުމަށް އެންވަޔަރަމަންޓަލް ޕްރޮތެކްޝަން އެޖެންސީ، އީޕީއޭއިން ނިންމައިފިއެވެ. މިސާރވޭގައި ...

ޑިބުރެއިނާ ގެ ކިބައިން ރުޑިގާރ މާފަށް އެދިއްޖެ

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެވިން ޑިބުރެއިނާ އަށް ލިބުން އަނިޔާ އަށް މާފަށް އެދޭކަމަށް ޗެލްސީގެ ޑިފެންޑަރ އެންޓޯނިޔާ ...

ކުށް ސާބިތުވެ ހަސަން ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް 4 މަހާ ...