ރާއްޖޭގެ ތަރަގީއަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ފެނާ ނަރުދަމާ ޤާއިމުކުރުން: ރޮޒައިނާ

ރާއްޖޭގެ ތަރައްޤީއަށް ހިންގެވި އެންމެބޮޑު އިންވެސްޓްމަންޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް  ގާއިމްކުރުމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ހިންގަވަމުން ގެންދަވާ އިންވެސްޓްމަންޓް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓާއި ގުޅޭ ގޮތުންނާއި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު 3 ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އޮތީ ފެނާއި ނަރުދަމާ ގާއިމް ނުކުރެވި، އަސާސީ ހައްގުތަކުން މަހުރޫމު ވެފައިކަމަށާ ފާއިތުވެދިޔަ ދިގު މާޒީގައި އެއްވެސް ސަރުކާރަކުން މިކަމަށް އިޖާބަ ނުދިނުމަކީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް އެސަރުކާރުތަކުން ވެފައިވާ ބޮޑު އިހުމާލެއްކަމުގައެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ގާއިމުކޮށްދެއްވުމަށް ފެއްޓެވި މަސައްކަތް ނިމިގެންދާކަމީ ރަށްރަށުގެ ރައްޔިތުން އެކަން ޝުކުރުވެރި ކަމާއިއެކު ބަލައި ގަންނަ ކަމެއްކަމަށެވެ. ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނީ މީހާ ފުރިހަމަ ސިއްޙަތެއްގައި ހުރެގެން ކަން ފާހަގަކުރައްވާ ރޮޒައިނާ ވަނީ، ސަރުކާރުން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވި އެންމެ މުހިންމު އެއްހައްގަކީ ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމުކަމަށެވެ.

”  ފެނާއި ނަރުދަމާ ރަށްރަށުގައި ނެތުމަކީ ހަގީގަތުގައި މައްސަލައެއް ނޫންތޯ؟ ރައީސުލްޖުމްހޫރިއްޔާ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެއްވުމަށް އެކުރެއްވި ޚަރަދަކީ މިރާއްޖެއަށް ކުރެވުނު އެންމެބޮޑު އެއް އިންވެސްޓްމަންޓް. މީހުން ތަރައްޤީވަމުންދާ ވަރަކަށް އުޅޭތަން ތަރައްޤީނުވާނަމަ، އެތަނެއްގައި ދިރިއުޅެން އުދަގޫވާނެ.”

ރޮޒައިނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގައި  ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ހޭދަކުރުމަށް ކަޅައަޅާފައިވާ ކަންތައްތަކަށް  އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު

 ރޮޒައިނާ ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި އާންމު ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ މިދައުރު ނިމިގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ކަށަވަރު ކުރައްވަން ބޭނުންފުޅުވާ ކަންތައްކަމަށެވެ.

މީގެ އިތުރުން މުވައްޒިފުންގެ މުސާރަ ބޮޑުކުރުމާއި، އާންމު ރައްޔިތުންގެ ހަމަޖެހުމާއި، އަދުލު އިންސާފު ގާއިމް ކުރެވި، ރައްޔިތުންނަށް ސުލްހަވެރި މުޖުތަމައެއް މިއަދު ގާއިމްވެފައި އޮތުމަކީ ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށްވެސް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގައި  ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ހޭދަކުރުމަށް ކަޅައަޅާފައިވާ ކަންތައްތަކަށް  އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު

 ރޮޒައިނާ ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި އާންމު ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ މިދައުރު ނިމިގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ކަށަވަރު ކުރައްވަން ބޭނުންފުޅުވާ ކަންތައްކަމަށެވެ.

މީގެ އިތުރުން މުވައްޒިފުންގެ މުސާރަ ބޮޑުކުރުމާއި، އާންމު ރައްޔިތުންގެ ހަމަޖެހުމާއި، އަދުލު އިންސާފު ގާއިމް ކުރެވި، ރައްޔިތުންނަށް ސުލްހަވެރި މުޖުތަމައެއް މިއަދު ގާއިމްވެފައި އޮތުމަކީ ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށްވެސް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މީގެ ކުރިން ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި، ސިޔާސީ މީހުން ޖަލަށްލައި، މަގުމަތީގެ އެއްވެސް އަމާންކަމެއްނެތް މުޖުތަމަޢުއެއް، މުޅިން އަމާން ރައްކަތެރި ތަނަކަށް މިއަދު ބަދަލުވެފައިވާކަމަށެވެ. ހަމަ މިއާއިއެކު ސަރުކާރުން ޚާރިޖީ ސިޔާސަތަކީ މިއަދު މުޅި ދުނިޔެ ބަލައިގެންފައިވާ ސިޔާސަތެއްކަމުގައި ސިފަކުރައްވާ އ ވާހކަ ފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފަތުރުވެރިންގެ މެދުގައިވެސް އަދި އާންމު ފަރުދުންގެ މެދުގައިވެސް މިއަދު ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ އަމާން ސުލްހަވެރި މަންޒިލަށް ރާއްޖެ ވެފައިވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލިސްގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ. ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ...

ރިއަލް އެސްޓޭޓުގެ ޓޫރިޒަމަށް އައްޑޫ ހަންކެޑެ އަދި ގާފަރުފަޅު ކަނޑައަޅައިފި

ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާއްޖޭގެ ދެ ތަނެއް ކަނޑައަޅައިފިއެވެ. ރައީސް އިބްރާހީމް މުހައްމަދު ...

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...