ރިއަލް އެސްޓޭޓުގެ ޓޫރިޒަމަށް އައްޑޫ ހަންކެޑެ އަދި ގާފަރުފަޅު ކަނޑައަޅައިފި

ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާއްޖޭގެ ދެ ތަނެއް ކަނޑައަޅައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައެޅުއްވި އެ ދެ ސަރަހައްދަކީ އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދާއި ގާފަރުފަޅެވެ.  ރައީސްގެ ގަރާރުން އެތަންތަން ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކޮށްފައެވެ.

މީގެފަހުން ރިއަލް އެސްޓޭޓްގެ ގޮތުގައި ތަރައްގީ ކުރާ ތަންތަނުގެ ބިން ހިއްކުމާއި އެތަންތަނުގެ ކުލި ކަނޑައަޅާނީ އެ ކޯޕަރޭޝަނުގެ ފަރާތުންނެވެ. މި މަޝްރޫއު އަކީ ރާއްޖޭގައި ދިރިއުޅުމަށް ބޭނުންވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ފެށި މަޝްރޫއުއެކެވެ.

ގާފަރުފަޅު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިންނެވެ.

ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ އާއި މާލެ އަތޮޅު ގާފަރުފަޅު ކަނޑައަޅުވާފައިވާއިރު، ސަރުކާރުންވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމުން ދައުލަތަށް އާމްދަނީ ހޯދުން ހިމެނެނީ އާމްދަނީ އިތުރުކުރުމަށް ހުޅަހަޅާ އައު ކަންތައްތަކުގެ ތެރޭގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: އައްޑޫސިޓީން އިތުރު 21 ކޭސް

އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...

އައްޑޫސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްދީފި

އައްޑޫ ސިޓީގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ...

ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހަމަޖައްސާނަން: ރައީސް

ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފެލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ...