އައްޑޫގައި ކުރިއަށްގެންދާ ޔޫތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރާންސް ޕޭރެންސީ މޯލްޑިވްސްއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު ކޭމްޕު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރު 04 ވަނަ ދުވަހުން ފެށިގެން 08 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ކޭމްޕް ކުރިއަށްދާނީ އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގެ ހޯލުގައި ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ 16 އަހަރާއި 20 އަހަރާއި ދެމެދުގެ 08 ޒުވާނުންނަށް މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ ގޮތުން ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު މާދަމާގެ 12:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މެއިލް ކުރާނީ hithadhoo@add​ucity.gov.mv އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ...

ހުރިހާ ރައްޔިތުންގެ ޞިއްޙީ ޙާލަތު ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސިއްޙީ ޙާލަތު ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއް އަންނަ އަހަރުގެ ކުރީކޮޅު ހިންގާނެކަމަށް ހެލްތު ...

ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްުއަތޮޅުން މިރޭ ...