ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްުއަތޮޅުން މިރޭ 10:15 ހާއިރު ނިޔާވެފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ހިތަދުއަށް އަށް ނިސްބަތްވާ ފިރިހެނެކެވެ.

މިއީ ކޮވިޑް 19 ފަރުވާ ހޯދަމުން ދަނިކޮށް އައްޑޫސިޓީން ނިޔާވި ފުރަތަމަ މީހާ އެވެ. އަދި މިއީ މިއަދު ރާއްޖެއިން މި ބަލީގައި ނިޔާވި 11 ވަނަ މީހާއެވެ

. މި 11 މީހުންނާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 140 އަށް އަރާފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ހިމެނެނީ 176 ފަރާތެކެވެ. އަދި އައްޑޫސިޓީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 47 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ރާއްޖެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ...

ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ ...

ކުޑަކުދީންގެ ދުވަސް ފާހަފަ ކުރުމުގެ ގޮތުން ޑަބްލިއުޑީސީން ސްކޫލްތަކަށް ހަދިޔާ ދީފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައި ގަންނަވަނީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ( ޑަބްލިއުޑީސީ ...