ނޭމާއާ ނުލާ ނުކުތް ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕުގައި ނޭމާއާ ނުލާ ނުކުތް ތަރިންގެ ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށް ހަމަޖެހިލައިފި އެވެ. ފުރަތަމަ މެޗުގައި ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެންސްވިޒަލޭންޑް މެޗަށް ބްރެޒިލުން ނުކުތީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ނުލަ އެވެ.

ސްޓޭޑިއަމް 974 ގައި ބްރެޒިލާއި ސްވިޒަލޭންޑް ބައްދަލުކުރި މިމެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 1 – 0 ންނެވެ.

މުބާރާތުގެ އެހެން މެޗުތަކާ ހިލާފަށް މިމެޗް ވެގެން ގޮސްފައިވަނީ މިމުބާރާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗަށެވެ.

ވަރުގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނުނުއިރު މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓް ކުރީ ބްރެޒިލުންނެވެ.

މެޗު ފެށުނީއްސުރެ ސްވިޒަލޭންޑްގެ ޑިފެންސަށް ބްރެޒިލުން ވަރަށް ބޮޑަށް ބާރުކުރި އެވެ. ހައި ޕްރެސިން އޮފެންސިވް ގޭމެއް ބްރެޒިލް ޓީމުން ކުޅުނުއިރު އެޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ހާއްސަކޮށް ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާއާއި ރަފީނިއާ އަދި ރިޗާލިސަންގެ ހިފަހައްޓަން ސްވިޒަލޭންޑްގެ ޑިފެންސަށް ވަރަށް އުދަނގޫވި އެވެ.

މެޗުގައި ރިޗާލިސަންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އިވާއިރު މިމެޗުގައި ސްވިޒަލޭންޑުގެ ކުޅުންތެރީންގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންގޮސްފައިވެއެވެ.

މި މެޗުގައި ބްރެޒިލުގެ ހަމައެކަނި ލަނޑު މެޗުގައި ޖަހައިދިނީ ދާދިފަހުން ރެއާލް މެޑްރިޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި މިޑްފީލްޑަރު ކަސެމީރޯ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހަތުން އަރާ ބާސާ ބަލިކޮށް ޕީއެސްޖީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ފަހަތުން އަރާ ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ...

އީޓީއެފްއޭ އެކަޑަމީ އާއި ފޭދޫ ސަޑޭ ސްޕޯޓްސް އެކެޑެމީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ މެޗްތަކެއް ކުޅެފި

މީދޫގައި ހިންގާ ” އީޓީއެފްއޭ ” ފުޓްބޯޅަ އެކަޑަމީގައި ހިމެނޭ ދަރިވަރުންނާއި   ފޭދޫގައި ހިންގާ ސަޑޭ ސްޕޯޓްސް އެކެޑެމީގައި ...

ޕޮލިސްކަޕް 2019 ބޭއްވުމުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިއުން ދިނުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައި ގަންނަވަނީ ޕޮލިސްކަޕް 2019  ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި  އެކިގޮތްގޮތުން އެހީތެރިވި ...