މޮޑިއުލާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މައިކްރޯ އެލްއީޑީ ޑިސްޕްލޭއަކާ އެކު، ކަސްޓަމަރު ބޭނުންވާ ސައިޒަކާއި ބައްޓަމަކަށް އުފައްދާ ޓީވީއެއް، ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީޒް ކުންފުނި ސެމްސަންގުން އިއުލާންކޮށްފި އެވެ.

“ދަ ވޯލް”ގެ ނަމުގައި ސެމްސަންގުންް އިއުލާންކުރީ، އެމެރިކާގެ ލަސް ވޭގަސްގައި މިހާރު ކުރިޔަށްދާ ކޮންސިއުމާ އެލެކްޓްރޯނިކްސް ޝޯ 2018 ގަ އެވެ. އެ ޝޯގައި ސެމްސަންގުން ވަނީ 12 ފޫޓުގެ “ދަ ވޯލް” ޓީވީއެއް ދައްކާލައިފަ އެވެ.

މޮޑިއުލާ ޓެކްނޮލޮޖީއަކީ، އެމީހަކު ހިތްއެދޭ ގޮތަކަށް، ނުވަތަ އެމީހަކަށް އެންމެ މުހިންމު ކަންކަން ހިމަނައިގެން ޕްރޮޑަކްޓެއްގެ ފީޗާތައް ނުވަތަ ސިފަތައް ބަދަލުކޮށްގެން އުފެއްދުމެވެ. މޮޑިއުލާ ޑިޒައިނަށް ހެދިފައި ހުންނަ ޕްރޮޑަކްޓްތަކަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް އުފެއްދޭނެ ފަދަ މޮޑިއުލްތަކެއް ނުވަތަ ސްކިޑްތަކެއް ބޭނުންކޮށްގެން ހަދާ ޕްރޮޑަކްޓްތަކެވެ.

ސެމްސަންގުން އިއުލާންކުރި “ދަ ވޯލް” ޓީވީއަކީ މޮޑިއުލާ ޓެކްނޮލޮޖީގެ އީޖާދަކަށް ވަނީ، އެ ޓީވީ ވެސް އުފައްދަނީ ގިނަ އަދަދެއްގެ މައިކްރޯ އެލްއީޑީތަކެއް ބޭނުންކޮށްގެން ކަމަށެވެ. މިކަމުގެ ސަބަބުން، “ދަ ވޯލް” ޓީވީއަކީ ކަސްޓަމަރު ބޭނުންވާ ސައިޒަކާއި ބައްޓަމަކަށް އުފެއްދޭނެ އެއްޗެކެވެ.

މި ޓީވީގައި ހުންނަ މައިކްރޯ އެލްއީޑީ ޑިސްޕްލޭއަކީ އޯއެލްއީޑީއަށް ވުރެ ފެންވަރު ރަނގަޅު އޮލްޓަނޭޓިވެކެވެ. ސަބަބަކީ، ބެކްލައިޓަކާ ނުލައި ފެންވަރު ރަނގަޅު ކުލަތައް އޭގެން ދައްކާތީ އެވެ. އެހެން ނަމަވެސް މައިކްރޯ އެލްއީޑީ ސްކްރީނަކީ ކޮންމެ ފަށަލައެއް ވެސް މެޝިން ބޭނުންކޮށްގެން ވަކިން ބަހައްޓަން ޖެހޭ އެއްޗަކަށް ވާތީ، އުފައްދަން މާ ފަސޭހަ އެއްޗެއް ނޫނެވެ. އެންމެ ޑިސްޕްލޭއަކަށް ވެސް އެތައް މިލިޔަން ފަށަލައެއް ބޭނުންވެ އެވެ.

ޓެކްނޮލޮޖީ އެނަލިސްޓުން ލަފާކުރާ ގޮތުގައި، ސެމްސަންގަށް މި މަސައްކަތް ކުރުމަށް ފަސޭހަ މަގެއް ފެނިފައި ވެސް އޮވެދާނެ އެވެ.

މައިކްރޯ އެލްއީޑީ ޑިސްޕްލޭއަކީ 2012 ވަނަ އަހަރު ސޮނީ ކުންފުނިން ވެސް އުފެއްދުމަށް މަސައްކަތްކުރި ޕްރޮޑަކްޓެކެވެ. އެހެން ނަމަވެސް އެ އުފެއްދުމަށް މާލީ ގޮތުން ގޮންޖެހުންތަކެއް ހުރުމުން، އެކަން ނުކުރުމަށް ސޮނީއިން ނިންމި އެވެ.

ސޮނީއިން “ދަ ވޯލް”ގެ ނަމުގައި އިއުލާންކުރި، ކަސްޓަމަރު ހިތްއެދޭ ގޮތަކަށް ކަސްޓަމައިޒްކުރެވޭ ޓީވީ ވެގެން ދާނީ ވަރަށް އަގުބޮޑު ޕްރޮޑަކްޓަކަށް ކަމަށް ޓެކްނޮލޮޖީ އެނަލިސްޓުން ލަފާކުރެ އެވެ. އެހެން ނަމަވެސް ސެމްސަންގުން މި ޕްރޮޑަކްޓުގެ އަގު އިއުލާނެއް ނުކުރެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފި

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި  އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ...

ސިޓީ ހޮޓާތަކަށާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...