ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ސ. އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ހިމެނިއްޖެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ ސ. އަތޮޅުމަދަރުސާގެ ދެ ދަރިވަރުންނަކީ ސ. ހުޅުދޫ ގޮމަހެރަ އާން މުސްޠަފާއާއި މީދޫ މޮރޮކޯ އާމިނަތު ޝާޒިޔާއެވެ.
ސ. ހުޅުދޫ ގޮމަހެރަ އާން މުސްޠަފާ
މިދެދަރިވަރުންގެ ތެރެއިން ސ. ހުޅުދޫ ގޮމަހެރަ އާން މުސްޠަފާ ގަދަ ދިހައެއްގެ 6 ވަނާގައި ހިމެނިފައިވާއިރު އާން ބައިވެރިވި 8 މާއްދާގެ ތެރެއިން ތިންމާއްދާއިން އޭސްޓަރ އަދި ފަސްމާއްދާއިން އޭ ވަނީ ހޯދާފައެވެ.
މީދޫ މޮރޮކޯ އާމިނަތު ޝާޒިޔާ
މީދޫ މޮރޮކޯ އާމިނަތު ޝާޒިޔާ ގަދަ ދިހައެއްގެ 7 ވަނާގައި ހިމެނިފައިވާއިރު ޝާޒިޔާ ބައިވެރި 8 މާއްދާގެ ތެރެއިން ތިން މާއްދާއިން އޭ ސްޓަރ ހަތަރު މާއްދާއިން އޭ އަދި އެއްމާއްދާއިން ބީ ވަނީ ހޯދާފައެވެ.
މިދެދަރިވަރުން ހޯދިކާމިޔާބުގެ އަގުވަޒަންކޮށް މިދެދަރިވަރުންނަށް ވީއޯއެމްގެ ނަމުގައި މަރުހަބާ ދަންނަވަމެވެ.
ކޮމެންޓްސް (0)